ސުފުރާ: ޔޯގަރޓް ރައިސް
ބޭނުންވާތަކެތި
1 ޖޯޑު ބައި ހުންނަހާ ބަތް
½ ޖޯޑު ހުންނަހާ ޔޯގަރޓް ( ޕްލޭން)
2 ހިކަނދިފަތް
1 ސައި ސަމުސާ މަސްޓަރޑް ސީޑްސް
ލޮނުކޮޅެއް
2/1 ސައި ސަމުސާ ލޮނުމެދު އިނގުރު ޗަސްކޮށްފައި ހުރި
1 ފިޔާ ( ހިމުންކޮށް ކޮށާފައި)
2 ހިކި މިރުސް ބުރި ބުރިކޮށްފައި
ކުޑަ ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ސީޑްސް ކޮޅު އަޅާލާފައި ފުފުމުން ހިކަނދި، މިރުސް، ފިޔާ އެއްކޮށް އަޅާފައި މޯޅިވީމާ ބާކީ ހުރި ހުރިހާ ބާވަތްތައް ފަހަރަކު ބާވަތެއް އަޅާފައި ރަހަ ނިކުންނަވަރަށް އެއްވީމާ އުނދުން މަތިން ބާލާށެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު