ހުނިފޮޅި

image

ބޭނުންވާތަކެތި

7 ޖޯޑު ޅަގަބުޅިހުނި

3 ޖޯޑު ހަކުރު

2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

2 ޖޯޑު މާފެން

8 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށްބުރިބުރިކޮށްފައިހުރި)

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތަވާ އުދާލުމަށްފަހު ހަކުރާއި ގަބުޅިހުނި އަދި ރާނބާފަތްކޮޅު އެއްކޮށްފައި މަޑުގިނީގައި ހުނިކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ. ހުނި މޯޅިވީމާ މާފެނާއި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްލާށެވެ. ރަހަނިކުންނަވަރަށް ކެކުނީމާ އުނދުންމަތިން ބާލާށެވެ. ދެން ރާނބާފަތްކޮޅު ތައްހޮވާލާށެވެ. ދެން ފުށްކޮޅު ހޫނުފެނުން މޮޑެލާފައި ރޮށި ދަމާގޮތަށް ކުދިކޮށް ދަމާލާށެވެ. ކޮންމެ ރޮށްޓަކަށް ހުނިކޮޅެއްލާފައި އޮޅާފައި ބައްދާލާށެވެ. ނުވްތަ ޕޭޓީޒް ތަތްގަނޑުން ހަދާލާފައި އާވިން ކައްކާލާށެވެ. ނުވަތަ ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް