ދިވެހި ކުދި ކޭކް

image

ބޭނުންވާތަކެތި

2 /1 ކިލޯ ފުށް

12 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

2 /1 ކިލޯހަކުރު

2 ސައިސަމުސާ ބޭކިންގ ޕައުޑަރ

ތައްޔާރުކުރާނެގޮތް

ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ހަކުރާއި ބިސް އެއްކޯށް ފޮނުއަރަންދެން ގިރާލާށެވެ. ދެން އޭގެތެރެއަށް މަދުމަދުން ފުށް އަޅަމުން ގިރަމުންދާށެވެ. އެސެންސްވެސް އެއްކޮށްލާށެވެ. ރަނގަޅަށް އޮމާން ވަންދެން ގިރުނީމާ ކޭކް ފިހޭ ކުދި ތަށިތަކުގައި ބަޓަރުކޮޅެއް ހާކާލާފައި ކޮންމެ ތަށްޓަކަށް 3 މޭޒުމަތީ ސަމުސާ ފުށް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ މަތި ބަންދު އެއްޗަކަށް އަޅާފައި ހުވަނދުމާއަޅާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް