ގިތެޔޮ ބޯކިބާ

image

ބޭނުންވާތަކެތި

2 ޖޯޑު ހަނޑޫ ( ފުނޑާފައިހުރި)

2 ޖޯޑު ހަކުރު

2 އިންޗި ފޮނިތޮށި

6 ކަރަންފޫ

2 ޖޯޑުކިރު

2 ފިޔާ( ކޮށާފައި)

5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި)

2 މޭޒުމަތީ ސަމުސާ ގިތެޔޮ

2 / 1 ޖޯޑު ކަނަމަދު ( ސާފުކޮށް 2-3 ބުރިކޮށްފައިހުރި)

1 ޖޯޑު މާފެން

ތައްޔާރުކުރާނެގޮތް

ފުރަތަމަ ރާނބާފަތްކޮޅާއި 3 ޖޯޑުފެން އެއްކޮށްގެން ތެއްޔަކަށް އަޅާފައި ކައްކާލާށެވެ. ރާނބާފަތުގެ ރަހަނިކުންނަވަރަށް ކެކުނީމާ އުނދުންމަތިން ބާލާފައި ބަހައްޓާށެވެ. ފޮނިތޮށްޓާއި ކާފޫރުތޮޅި ދެބައި އެއްކޮށް ހިމުންކޮށް ފުނޑާލާފައި ބަހައްޓާށެވެ. ގިތެޔޮކޮޅުގައި ފިޔާ ރަތްކޮށްފައި ބަހައްޓާށެވެ. ދެން ކިރާއި ، ހަނޑޫ ފުށް، 2 / 1 ޖޯޑު މާފެން، އަދި 1 ޖޯޑު ރާނބާފަތުފެން ތެއްޔަކަށް އަޅާފައި ގިރާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު މަޑުގިނީގައި ދޭފަތުންހަލަމުން ކައްކާށެވެ. ހަރުވާންފެށުމުން ރަތްކުރި ފިޔާކޮޅުގެ ދެބައިކުޅަ އެއްބަޔާއި އަދި ކަނަމަދުކޮޅުގެވެސް ދެބައި ކުޅައެއްބައި އެއްކޮށް އަޅާލާށެވެ. ފުށް ރޯފިލުމުން އުނދުންމތިން ބާލާފައި ޓްރޭއެއްގައި ތެޔޮ ހާކާލާފައި ހިލާފައި ހުރި ފުށްގަނޑު ޓްރޭގައި ފަތުރާލާފައި ބާކީފިޔާ ކޮޅާކާއި ކަނަމަދުކޮޅު މައްޗަށް އަޅާފައި ބޯކިބާގެ މައްޗަށް މަޑު ބްރައުންކުލަ އަރަންދެން ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް