ލެމަން ރައިސް

image ލެމަން ރައިސް

ބޭނުންވާތަކެތި

2 ޖޯޑު ބަތް

1 ފިޔާ ހިމުންކޮށް ކޮށާފައި ހުރި

2 ހިކަނދިފަތް

1 ސައި ސަމުސާ މަސްޓަރޑް ސީޑްސް

ލޮނުކޮޅެއް

1 ލުނބޯ

3 ހިކި މިރުސް ބުރި ބުރިކޮށްފައި

ކުޑަ ރީނދޫކޮޅެއް

ބައި ސައި ސަމުސާ ލޮނުމެދު

އިނގުރު ޕޭސްޓް

ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ މަސްޓަރޑް ސީޑްސްކޮޅު އަޅާފައި އޮށްތައް ކުޑަކޮށް ފުފުމުން ފިޔާ، ހިކި މިރުސް، ހިކަނދިފަތް އެއްކޮށް އަޅާލުމަށް ފަހު މޯޅިވީމާ ބަތްކޮޅާއި ރީނދޫ، ލޮނުމެދު އިނގުރު ޕޭސްޓް ވެސް އަޅާފައި ލޮނުކޮޅު ވެސް އެއްކޮށްފައި ރަހަ ހިފުމުން ހުތް ރަހަދޭވަރަށް ލުނބޯ ހުތް ފޮދު އަޅާފައި އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް