ތަންދޫރީ ރައިސް

image ތަންދޫރީ ރައިސް

 

ބޭނުންވާ ތަކެތި

2 ޖޯޑު ބަތް

2/1 މޭޒުމަތީ ސަމުސާ ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް

4/1 ހުންނަހާ މުގުރި އަސޭ މިރުސް

3 މޭޒުމަތީ ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ

2/1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައި)

2/1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)

2 ޕީސް ޗިކަން ޓިއްކާ ( ކުދިކޮށް ކޮށާފައި)

2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެރެޓް

2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެބެޖް

2/1 ޖޯޑުހުންނަހާ ހިމުން ކޮށް ކޮށާފައި ހުރި ގްރީން ބީންސް

1 މޭޒުމަތީ ސަމްސާ ހުންނަހާ ސޮޔާ ސޯސް

2/1 ޗިކަން ކިއުބް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ ، މިރުސް ،ކެބެޖު، ކެރެޓް، ބީންސް އެއްކޮށް އަޅާލުމަށްފަހު މޯޅިވުމުން ބަތްފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރަހަ ހިފާވަރުވީމާ ބަތް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް