ހޮޓް ބީފް ޕިއްޒާ

image ހޮޓް ބީފް ޕިއްޒާ

ބޭނުންވާތަކެތި

1 ދަޅު ކޯން ބީފް

1 ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)

2 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ޖޯޑު ޗީޒް ( ގާނާފައިހުރި)

1 ސައިސަމުސާ މުގުރި އަސޭމިރުސް

2 ޓޮމާޓޯ ފޮތިކޮށްފައި

2 /1 ޖޯޑު ޕީލްޑް ޓޮމާޓޯ

3 /1 ޖޯޑު ޗިލީ ސޯސް(ފުށްގަނޑަށް)

2 ޖޯޑު ފުށް1 ބިސް ( ގިރާފައި)

1 މޭޒުމަތީ ސަމުސާ ބަޓަރ

1 ސައިސަމުސާ އިންސްޓަންޓް އީސްޓް

2 ސައިސަމުސާ ހަކުރު

5 / 1 ސައިސަމުސާލޮނު

ތައްޔާރުކުރާނެގޮތް

ފުރަތަމަ ފުށްގަނޑަށް ބޭނުންވާ ހުރިހާބާވަތް ރަނގަޅަށް އެއްކޮށްފައި ތާފަނާ ފެނުން މޮޑެފައި ކޮތަޅަކަށް ލާފައި އައްސާފައި ބާއްވާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި މިރުސްކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ، މަސް. ލޮނު، އަސޭމިރުސް އަޖިނަމޮޓޯ ޕީލްޑް ޓޮމާޓޯ ، އަދި ޗިލީ ސޯސް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ.

ދެން ޓްރޭގައި ބަޓަރުކޮޅެއް ހާކާފައި ފުށްގަނޑު 4 /1 އިންޗީގެ ބޯމިނަށް ދަމާލާފައި ފުށްގަނޑު ޓްރޭގެ ތެރޭގައި ބާއްވާފައި މަސް ފުށްގަނޑު މަތީގައި އަތުރާލާފައި މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް