އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް ޚިޔާލު ތަފާތުވުން ނައްތާލުމަށް ބަންކީމޫން ގޮވާލައިފި
އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެނަތީޖާ ގަބޫލު ކުރުމާއެކު ކުރިން އުފެދިފައިވާ ޚިޔާލު ތަފާތުވުން ނައްތާލުމަށް އދ. ގެ ސެކްރެޓަރީޖެނެރަލް މިސްޓަރ ބަންކީމޫން ރިޔާސީ ކެންޑިޑޭޓުންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓުންނަށް މިކަމަށް ގޮވައިލައްވާފައިވަނީ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ބަޔާނެއް ގައެވެ.
އެބަޔާނުގައި ރިޔާސީ ކެންޑިޑޭޓުންނަށާއި ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށެވެ.
ހޮނިހިރު ދުވަހުގައި ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމަށް ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސް ހަރަކާތްތެރި ވަމުންދާ ދަނޑިވަޅެއްގައި ބަންގީމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޑިމޮކްެރަސީ ހަރުދަނާ ކުރުމަށާއި ގައުމުގެ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށެވެ.
ރާއްޖޭގައި މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ބޭރުގެ ފަރާތްތަކުން ގެންދަވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު