ކުރިއަށްއޮތްރިޔާސީ ފަސްއަހަރު ފަސޭހައެއް ނުވާނެ- ޑރ. ވަޙީދު

ކުރިއަށްއޮތްރިޔާސީ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމަށްވިޔަސް ކުރިއަށްއޮތްފަސްއަހަރަކީ ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުވަޙީދު ޙަސަން މަނިކު އަދި "ޤައުމާއިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުމިހެންވިދާޅުވީ ރޭ ޓީވީއެމްއިން ގެނެސްދިން "ޑރ. މުޙައްމަދު ވަޙީދާއެކުދިވެހިރާއްޖޭގެ އަޑު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިއަށްއޮތްރިޔާސީ އިންތިޚާބާ ބެހޭގޮތުން ޕްރޮގްރާމުގެ ޕްރެޒެންޓަރ ސުވާލު ދެންނެވުމުން އެމަނިކުފާނުވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަންއެބައޮތް ކަމަށެވެ.

ނަމަވެސްކޮންމެ ބޭފުޅަކަށް އިންތިޚާބު ކާމިޔާބު ކުރެއްވުނަސް ކުރިއަށްއޮތް ފަސްއަހަރުފަސޭހަ ނުވާނެ ކަމަށެވެ. ކުރިއަށްއޮތް ފަސްއަހަރު ފަސޭހަ ނުވާނެ މައިގަނޑުސަބަބަކަށް އެެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އިގްތިސާދީ މައްސަލަތަކެވެ.

 އެމަނިކުފާނުވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ޙާލަތު ވަރަށް ދަށްކަމަށެވެ. ނަމަވެސްރައްޔިތުންނަށް ފޯރުކޮށް ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުނުކޮށް ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭން ޖެހޭކަންތައްތަކެއް ޤާނޫނު ޢަސާސީގައި ލާޒިމްކޮށްފައިވާ ކަން ރައްޔިތުންނަށް އެނގޭކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް އެކަންކަން ކޮށްދޭން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނުވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަށް ފޯރުކޮށް ދެއްވުމަށްޓަކައިމުއައްސަސާތަކުގެ ގުޅުންވެސް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި ބައެއް ޤާނޫނުތަކަށްއިސްލާހު ގެންނަން ޖެހޭކަމަށެވެ.

އެމަނިކުފާނުވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ޙާލަތު ކުޑަތަންކޮޅެއް މިހާރު ރަނގަޅުވެފައިވާކަމަށެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވެސް މިހާރުއިތުރުވެސް ވެފައި ވުމުން އައި ބަދަލެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާލީޙާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދައުލަތުން އެކިފަރާތްތަކަށްދައްކަންޖެހޭ 2 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. އޭގެ ތެރޭގައި އެކިތަންތަނުގެބިލްތައް ހިމެނޭ ކަމަށެވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާމިހާރުވަނީ ދައްކަވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރީސަރުކާރުން މުވައްޒަފުން އަތުން ކަނޑާފައިވާ ފައިސާވެސް މިހާރުވާނީ އިޔާދަ ކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދީއަދި މާލީ ޙާލަތު ކޮންމެ ގޮތަކަށް އޮތަސް އެއްވެސް މުވައްޒަފަކު އެމީހެއްގެ މުސާރަކުޑަކުރަން ބޭނުން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދިސަބްސިޑީވެސް ހުއްޓާލާކަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

 ޢަދާލަތުޕާޓީން ކޯލިޝަނުން ވަކިވި ސަބަބުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ އެހެންޕާޓީތަކުން ކެމްޕޭން ކުރައްވާ ވަރަށް ކޯލިޝަނުން ނުކުރައްވާ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ދެއްވަން ބޭނުންފުޅުވާ މެސެޖު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވާ ކަމަށެވެ. އަދި ކައުންސިލަރުންނާވެސް ބައްދަލު ކުރައްވާ ކަމަށްވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކެމްޕޭން ކުރެއްވުމަކީ ދިދަފަތި ދެމުމެއްނޫންކަމަށެވެ.

 ރައީސްވިދާޅުވީ ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތަށްވުރެ ބޮޑަށް ކެމްޕޭންއިސްކުރައްވައިގެން އުޅުއްވަން ދަތިފުޅު ކަމަށެވެ. އެހެން ކަމުން ދައުލަތްހިންގުމުގެ މަސްއޫލިއްޔަތު އަދާ ނުކޮށް ކެމްޕޭނަށް ވަޑައިނުގަންނަވާނެ ކަމަށްވެސްވިދާޅުވިއެވެ. ނަމަވެސް ވަގުތު ލިބިވަޑައި ގަންނަވާ މިންވަރަކުން ރަށްރަށަށްވަޑައިގެން ކެމްޕޭން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު  ހުރިހާ ރަށަކަށް އިންތިޚާބުގެ ކުރިންވަޑައިނުގަނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންމިހާރު އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމަކަށްތޯ ރޭގެ ޕްރޮގްރާމުގެޕްރެޒެންޓަރ ދެންނެވުމުން ޑރ. ވަޙީދު ވިދާޅުވީ ރައްޔިތުންނަށް ވަރަށްގިނަ ކަންކަންބޭނުންވެފައި ވާކަމަށެވެ. އޭގެ ތެރެއިން އެންމެބޮޑަށް ރައްޔިތުން ބޭނުންވަނީނަރުދަމާގެ ޚިދުމަތާއި، ރަނގަޅު ބޯފެނާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެފަސޭހަކަމާއި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ފަސޭހަކަން ކަމަށެވެ. މީގެ ތެރެއިން ބޭސްފަރުވާގެނިޒާމަކީ ވަރަށް ބޮޑަށް ތަރައްޤީކޮށް ކުރިއަށް ގެންދަންޖެހޭ ނިޒާމެއްކަމަށެވެ.ނަމަވެސް ފައިސާގެ ދަތިކަމުން އެކަންވެސް އެދެވޭ ގޮތުގައި ކުރިއަށް ނުދާ ކަމަށެވެ.މިފަހަރުގެ ބަޖެޓުގައި ހުށަހެޅި ބޮޑު ބައެއް އުނިކުރައްވާފައިވާ ކަމަށްވެސްއެމަނިކުފާނު ވިދާޅުވިއެވެ. ސިއްހީ ދާއިރާއަށް ކަނޑައެޅި ބަޖެޓުން ބޮޑުބައެއްކަނޑާލާފައި ވުމުމުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަރާމާތުގެ މަސައްކަތްވެސް ނުކުރެވޭކަމަށް ވިދާޅުވިއެވެ. ނަމަވެސް "އާޓާމެއްގައި" މިކަންކަން ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެޕްރޮގްރާމުގައިއާންމުންގެ މީހަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަޙީދު ވިދާޅުވީ ސިވިލްސާރވިސްމުވައްޒަފުންގެމުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މުސާރަތައްބޮޑުކުރެވޭނީ އިގްތިސާދީ އިތުރު ސިނާޢަތްތަކެއް އުފައްދައިގެންކަމަށެވެ.

އެމަނިކުފާނުވިދާޅުވީ ޖުމްލަކޮށް ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް ކޮށްދެއްވާނެ ކަމަށެވެ.މިޕްރޮގްރާމުގައި އެމަނިކުފާނުގެ ދަރިކަނބަލަކު އުޅުއްވާ ދީނަކާ ބެހޭގޮތުންމީހަކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ދަރިންނަކީވެސްއިސްލާމްދީނުގައި ފައިތިލަ ސާބިތު ކުރައްވައިގެން ތިބި އަޚުލާގު ރަނގަޅު ކުދިންކަމަށެވެ. އަދި ރަނގަޅަށް ކިޔަވައި ވިދާޅުވެގެން އެހެން މީހުންނަށް ތުރާ ނުކޮށްއުޅުއްވާ ކުދިން ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް