ނަމަނަމަ! މީހަކުދޭ ފުރަތަމަ ސިނގިރޭޓުގައި ނުހިފާތި : ބްރީއަން

image
ބްރައިންއަކީ ދުވާލަކު ދެ ފޮށި މަލްބަރޯ ސިނގިރޭޓް ބޮމުން ދިޔަ މީހެކެވެ. އުމުރުން 34 އަހަރުގައި ކެންސަރު ޖެހިގެން މަރުވެފައިވާ ބްރައިންގެ ފޮޓޯތައް ސިނގިރެޓް ފޮށީގެ ބޭރުގައިވެސް ޖަހާފައިވެއެވެ. އަދި އޭނާގެ ފޮޓީތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކޮށްފައިވާ ޕޯސްޓަރުތަކުގައިވެސް ޖަހައިފައިވެއެވެ. ބްރީއަން ކާޓިސް ދުންފަތުގެ އިސްތިޢުމާލުކުރަން ފެށީ އޭނާގެ އުމުރުން 13 އަހަރުގައެވެ. އޭނާ އެކަންކުރަން ފެށިތާ 20 އަހަރު ފަހުން އޭނާ ހަލޯބިވާ ދަރިފުޅާއި އަނބިމީހާ ދޫކޮށްފައި ދާންޖެހޭނީ މިޢަމަލުގެ ސަބަބުން ކަމަށް ހިތަށްވެސް ނާރައެވެ. މިއީ އޭނާގެ އުމުރުގެ ފަހު ދުވަސްކޮޅު ޒުވާނުންނަށް ދީފައިވާ މެސެޖެވެ.

މިއީ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކޮންސްޓަރަކްޝަން މަސައްކަތްތެރިޔާ ބްރައިންގެ ހަޔާތާ ބެހޭގޮތުން ލިޔެފައިވާ ވާހަކައެއްގެ ޚުލާސާއެކެވެ.

ބްރައިންއަކީ ދުވާލަކު ދެ ފޮށި މަލްބަރޯ ސިނގިރޭޓް ބޮމުން ދިޔަ މީހެކެވެ. އުމުރުން 34 އަހަރުގައި ކެންސަރު ޖެހިގެން މަރުވެފައިވާ ބްރައިންގެ ފޮޓޯތައް ސިނގިރެޓް ފޮށީގެ ބޭރުގައިވެސް ޖަހާފައިވެއެވެ. އަދި އޭނާގެ ފޮޓީތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކޮށްފައިވާ ޕޯސްޓަރުތަކުގައިވެސް ޖަހައިފައިވެއެވެ.

ބްރީއަން ކާޓިސް ދުންފަތުގެ އިސްތިޢުމާލުކުރަން ފެށީ އޭނާގެ އުމުރުން 13 އަހަރުގައެވެ. އޭނާ އެކަންކުރަން ފެށިތާ 20 އަހަރު ފަހުން އޭނާ ހަލޯބިވާ ދަރިފުޅާއި އަނބިމީހާ ދޫކޮށްފައި ދާންޖެހޭނީ މިޢަމަލުގެ ސަބަބުން ކަމަށް ހިތަށްވެސް ނާރައެވެ. މިއީ އޭނާގެ އުމުރުގެ ފަހު ދުވަސްކޮޅު ޒުވާނުންނަށް ދީފައިވާ މެސެޖެވެ.

ކީމޯ ތެރަޕީގެ ސަބަބުން އޭނާގެ ބޯ ވަނީ ތަލަވެފައެވެ. ބާލީހުގެ އެހީއާ ނުލައި އޮށޯވެގެން ނޯވެއެވެ. ކޮޅަކަށް ނުތެދުވެއެވެ. މީހާ ހިކި އަނަރޫފަ ވުމުގެ ސަބަބުން ކޮލު ކަށިގަނޑާއި ކޮނޑު ކަށިގަނޑު ފާޅުވާން ހުއްޓެވެ. ގައިގެ ހަންގަނޑުވަނީ ހިކިފައެވެ. ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ. އެހެންނަމަވެސް މަންމަ ނުވަތަ އަނބިމީހާގެ ރުއިމަކަށް އަޅާލެވޭ ވަރެއްނޫނެވެ.

ބޮބީ އަކީ ބްރީއަންގެ އަންހެނުންނެވެ. އެތަކެއް ޚަރަދަކަށްފަހު ކައިވެނި ކުރިތާ 3 ހަފްތާވެސް ނުވަނީސް ޑޮކްޓަރުންވަނީ ދިރިހުރުމުގެ އުންމީދު ގެއްލިފައިވާ ވާހަކަ ބުނެފައެވެ.

މަންމަގެ ނިދާ ކޮޓަރީގައި ބްރީއަން ނިދާ އެނދުގެ ކައިރީ މޭޒެއް ހުއްޓެވެ. އެ މޭޒު މަތީގައި ސިނގިރޭޓް ފޮއްޓަކާއި ލައިޓަރެއް އޮތެވެ. އޭނާއަށްވަނީ ކެންސަރު ޖެހި ފުއްޕާމެއާއި ފުރަމޭ ގިރެން ފަށައިފައެވެ. އޭނާއަށް އެކަން އެނގެއެވެ. އެހެންނަމަވެސް ބްރީއަންވަނީ އަމިއްލައަށް ސިނގިރޭޓް ނުބޮވޭ ވަރަށް ބަލިވަންދެން ސިނގިރޭޓް ބޮއެފައެވެ. ހިތާމައަކީ މި އާދައަކީ އޭނާގެ ކޮންޓްރޯލްގައި ނެތްކަމެކެވެ. މި އާދައަކީ ބަޔަބު ސިނގިރޭޓްގެ ވިޔަފާރި ފުޅާކޮށް ބޮޑުފައިދާއެއް ނެރުމަށްޓަކައި ޖައްސާފައިވާ މަޅިއެއްކަން އެނގެނީ މާ ފަހުންނެވެ. ދެވިހިފާ ފަހުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ބްރީއަންއަށް އުނދަގޫ ކަމަކަށް ވިއެވެ. އެ އާދައާ ދުރަށް ނުދެވުމުގެ ސަބަބުން އޭނާ ކުރިމަތިލާން ޖެހުނީ މަރާއެވެ. އެންމެފަހުން ދުންފަތުގެ ވިހަ ދުމުގެ ސަބަބުން އޭނާ މިދުނިޔެއާ އަލްވަދާޢު ކިޔައެވެ. މަރުވުމުގެ ކުރިން އޭނާ އިންސާނިއްޔަތަށް ދީފައިވާ ވަރުގަދަ މެސެޖެއް ނުވަތަ އެދުމެއް ވެއެވެ. އޭނާގެ މެސެޖު ކުދިބޮޑު އެންމެނަށް ރައްދުވެއެވެ. ޚާއްސަކޮށް ދުންފަތުން އިސްތިއުމާލު ކުރަން ނުފަށާ ކުދިންނާއި ޒުވާނުންނަށް އެމެސެޖުގެ މުހިންމުކަން ހާސްބައި ބޮޑެވެ. އޭނާގެ މެސެޖަކީ "މީހަކު ނުވަތަ ރައްޓެއްސަކު ދޭ ފުރަތަމަ ސިނގިރޭޓްގައި ނުހިފާތި. ނުބޯތި. އެ ސިނގިރޭޓަކީ ދިރިއުޅުމުގައި އެޅޭނެ އެންމެ ނުރައްކާތެރި ފިޔަވަޅު،" އޭނާ މަރުވުމުގެ ކުރިން މި މެސެޖު ކުޑަކުދިންނަށް ދޭން ބޭނުންވިއެވެ.

އޭނާގެ ވަޅުވަދެވައިވާ ދެ ކޮލާއި ނޭވާލާން އުނދަގޫ ވެގެން އުޅޭ މަންޒަރާއި ފަނާވަމުންދާ ހަށިގަނޑު ފެނުމުން ޒުވާނުންނަށް ފިސާރި ރަނގަޅު މެސެޖެއް ލިބިގެން ގޮސްފައިވެއެވެ. ގަބޫލް ކުރަން ޖެހޭ ހަގީގަތެއް ވެއެވެ. ދިރިއުޅުން އުޖާލާކުރަން ބޭނުންވާ ނަމަ މިފަދަ ކަންކަމާ ދުރުވާން ޖެހެއެވެ. ދިރިއުޅުމުގެ އާދައެއްގެ ގޮތުގައި ދުންފަތުން އިސްތިއުމާލް ކުރަން ފަށައިފިނަމަ ހަތަރު އުދަރެސް ފެނު ޖެހި ދެއެވެ. ހަގީގަތަކީ މިފަދަ އާދަ ހިފައިފައިވާ އެތައް ބައެއް ދުނިޔޭގައި އެބައުޅެއެވެ. އެމީހުން ގަބޫލު ކުރަނީ އެމީހުން އުޅެމުންދަނީ ފުރިހަމަ ސިއްހަތެއްގައި ކަމަށެވެ. ގެއްލުމެއް ލިބިދާނެ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.

ބްރީއަން ދުންފަތުގެ އިސްތިއުމާލު ކުރަން ފެށީ އުމުރުން ތޭރަ އަހަރުގައެވެ. އުމުރުގެ އެންމެ ހިތްގައިމު ދުވަސްތަކުގައި ބަލި އެނދުގައި އޮންނަން ޖެހުމުން ކުރެވޭ ހިތްދަތި އިހްސާސް ކުރެވޭނީ އެ ހާލަތު ދިމާވުމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބްރީއަން އެތަށްފަހަރަކު ވާހަކަ ދެއްކިއެވެ. ހުއްޓާލަން ބޭނުންވިއެވެ. ނަމަވެސް ހުއްޓާލެވޭހާ މަސައްކަތެއް ނުކުރެއެވެ.

އޭނާ ބުނަމުންދިޔައީ ހުއްޓާލާ އުމުރު ނުޖެހޭކަމަށެވެ. ނަމަވެސް މާގަދަޔަށް ބަނޑުގައި ރިއްސައިގަތީ ހަޔާތުގައި އެންމެ ފަހަރަކު އެވެ. އެދުވަހު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ދިރިއުޅުން އޭނާއަކަށް ދެވަނަ ފުރުސަތެއް ނުދިނެވެ. އަދި އޭނާ އަކަށް އޭނާގެ ދިރިއުޅުން ރިވައިންޑެއްވެސް ނުކުރެވޭނެއެވެ. އޭނާއަށްވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައެވެ. އަދި މި ކެންސަރުވަނީ ފުރަމެއާ ހަމައަށް ފެތުރިފައެވެ.

ބްރީއަން ޑޮކްޓަރުންނާ ސްވާލުތަކެއް ކުރަމުން ދިޔައެވެ. ޒުވާން އުމުރުގައި ކެންސަރު ޖެހިގެން ނުވާނެ ކަމަށް ބުނަމުން ދިޔައެވެ. ފެންކަޅިވެ ގޮތް ހުސްވިއެވެ. އެހެންނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި ޒުވާނުންނަށް ކެންސަރު ޖެހުން އާންމު ވެފައިވާ ކަމަށެވެ. ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރަން ޅަ އުމުރުގައި ފަށާތީއެވެ.

މި އަދު ބްރީއަން ބޭނުންވާނީ އެންމެ ކުއްޖަކު ނަމަވެސް މި ފަދަ މަރަކުން މަރުވިޔަ ނުދީ ސަލާމަތް ކުރުމަށެވެ. އެހެންނަމަވެސް ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. އޭނާގެ އަންހެނުން ދަރިފުޅުވެސް އުިމުރުން 9 އަހަރުގައި ދުންފަތުގެ އިސްތިޢުމާލު ފެށީއެވެ. އެހިސާބުން ބްރީއަންއަށް ޤަބޫލްކުރެވުނީ މައިންބަފައިން ދައްކާ ނަމޫނާ ގޯސް ވެއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ދަރިންނަށް ކުރާނެ ކަމެވެ. އޭނާގެ ހުރިހާ ވެސް އުންމީދަކަށް ހެދީ ދަރިފުޅު ސަލާމަތް ކުރުމެވެ. އަދި އެހެން ކުދިން ވެސް މި ނުރައްކާތެރި ވަބާއިން ރައްކާތެރި ކުރުމެވެ.

މި އުންމީދުގައި ހުރެ ގައިގަ ކިރިޔާވެސް ވަރުޖެހިލާއިރަށް ގެއިން ބޭރަށް އޭނާ ނިކުމެ އުޅުނެވެ. ކުޑަ ކުދިންނަށް އޭނާ ފެނުމާއެކު ބިރުން އުޅެއެވެ. އޭނާއަށް ބަލާން ތިބެއެވެ. ދިމާކުރެއެވެ. މިހުރިހާ ކަމަކާ ދިމާވުމުންވެސް އެކުދިންނަށް ބްރީއަން ބުނެލާ ބަހެއްވެއެވެ. "ދުންފަތުގެ އިސްތިޢުމާލު ކުރުމުން ވާގޮތް މިހިރީއެވެ." ބްރީއަންގެ މެސެޖު ކުރިއެރުވުމުމަށް އޭނާ ގެ 57 އަހަރުގެ މަންމަވަނީ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން ޓީވީ، ރޭޑިއޯ އަދި ނޫސްތަކާއި ގުޅައިގެން ވާހަކަ ދައްކާފައިވެއެވެ. އަދި ދަރިފުޅުގެ މި ހިތާމަވެރި ދިރިއުޅުމުގެ މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އަދި މި ދިރިއުޅުން އުޅެންޖެހުނީ ކީއްވެގެންކަން އާންމުންނަށް އޮޅުން ފިލުވައިދީ ދުންފަތުގެ ނުރައްކަލުން އާންމު ރައްޔިތުން، ޚާއްސަކޮށް ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މިއީ ބްރީއަން މަރުވުމުގެ ކުރިން ދޭން ބޭނުންވި މެސެޖެވެ.

ބްރީއަން މަރުވީ ޓައިމްސް ރިޕޯޓަރަކަށް މި މެސެޖް ދިންތާ އެއް ގަޑިއިރު ފަހުންނެވެ. ބްރައިންގެ ޖަނާޒާގައި ކެންސަރުގެ ނުރައްކަލާބެހޭ ކާސްކެޓެއް ބެހެއްޓުނެވެ. ދެވި ހިފުމަކީ ނުރައްކާތެރި ވަބާއެކެވެ. ބޯލާ ފުރަތަމަ ސިގިރޭޓުންވެސް ދެވިހިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް