އަވިން ސަލާމަތް ވުމަށް ޗައިނާގެ އަންހެންވެރިން "ސްޕައިޑަރމޭން" މާސްކް އަޅަން ފަށައިފި

image ޗައިނާ އަންހެންވެރިންގެ ބަޔަކު "ފޭސް ކިނީ" އަޅައިގެން މޫދުގައި": ފޮޓޯ ބީބީސީ

މޫނުގެ ހަންގަނޑު އެނދިޔަ ނުދީ ސަލާމަތްކުރުމަށް ޗައިނާގެ ކިންޑުއާގެ އަންހެން ވެރިން މޫނުގައި "ސްޕައިޑަރ މޭން" އަޅާ ޒާތުގެ މާސްކު އަޅަން ފަށައިފިއެވެ.

"ފޭސް ކިނީ" ގެ ނަމުން މަޝްހޫރު މާސްކަށް މީޑިއާގައި ފާޑުކިއުންތަށް އަމާޒުވެފައި ވީނަމަވެސް މިހާރު އެ ޒާތުގެ މާސްކު އެޅުން ޗައިނާގައި ވަނީ ފެޝަނަކަށް ވެފައެވެ. ފޭސް ކިނީގެ ތަފާތު ކުލަ ކުލައިގެ މާސްކު ޗައިނާގައި މިހާރު ވިއްކަން އެބަހުއްޓުވެ.  ބައެއް ނޫސްތަކުގައި އެމީހުންގެ މާސްކަކީ ވަގުން ފޭރުމަށް އަޅާ ޒާތުގެ މާސްކެއް ކަމަށް ވެސް ސިފަކޮށްފައިވެއެވެ. އަނެއްބަޔަކު ސިފަކުރަނީ އެއީ މާރވެލްގެ ކޮމިކް ކެރެކްޓަރ "ސްޕައިޑަރ މޭން" މާސްކު ކަމަށެވެ.

ފާޑުކިއުންތަކަށް ޗައިނާ އަންހެން ވެރިންގެ ސަމާލުކަމެއް ނެތެވެ. އެމީހުން ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އެމީހުންގެ ދޮން ހަންގަނޑު ސަލާމަތް ކުރުމަށެވެ. ފެޝަން މެގަޒިންތަކުގައި "ފޭސް ކިނީ" މާސްކު އަޅައިގެން މޮޑެލްކުރުމުގެ މަސައްކަތް ކުރާ މީހުންވެސްް މިހާރު ޗައިނާގައި އެބަތިއްބެވެ. އެމީހުން ދެކޭ ގޮތުގައި މާސްކުގެ ސަބަބުން އަވިން ސަލާމަތްވުމުގެ އިތުރުން މޫދުގައި ދިރިއުޅޭ ފިރިއައުނު މުދާ (ޖެލީ ފިޝް) ފަދަ ވިހަގަދަ ސޫފި ތަކުން ވެސް އެމީހުންގެ ހަންގަނޑު ސަލާމަތްވެއެވެ.  

"ފޭސް ކިނީ" މާސްކަކީ 70 ގެ އަހަރުތަކުގެ ތެރޭގައި ސަން ކްރީމްތައް މަގުބޫލުނުވަނީހެވެ. ޗައިނާގެ ފެޝަނުގެ މަގުބޫލުކަން އޮތީ ހަމައެކަނި އެގައުމަކު ނޫނެވެ. އެމީހުންގެ ވިޔަފާރީގެ އެކުވެރިއާ އެމެރިކާއަށް ވެސް މި ފެޝަން އަންނީ މަޑުމަޑުން ފެތުރެމުންނެވެ. އެމެރިކާގެ ފެޝަން މަގަޒިން އެއްކަމަށްވާ "ސީއާރު ފެޝަން ބުކް" އިން ވެސް ވަނީ "ފޭސް ކިނީ" އަޅުވައިގެން މެޑެލުންގެ ފޮޓޯނަގައި ޝާއިއުކޮށްފައިއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް