މަގުހުރަސް ކުރަން އުޅުނު އަސްދޫނިތަކެއް އެކްސިޑެންޓްވެ ބައެއް އަސްދޫނި މަރުވެއްޖެ

image

އެމެރިކާގެ ނިއުފީލްޑްގެ ރޫޓް 101 ވަނަ ހައިވޭއެއް ހުރަސްކުރަން ކުރަން އުޅުނު އަސްދޫނި ބައިގަނޑެއް ކާރަކާ މުޑިއެރުމުގެ ސަބަބުން ބައެއް އަސްދޫނިތައް މަރުވެއްޖެއެވެ.

އަސްދޫނި ބައިގަނޑުގައިތިބީ ކިތައް އަސްދޫނީގެ އަދަދު އެނގިފައިނުވިޔަސް ކާރުއެކްސިޑެންޓްގައި މަރުން ސަލާމަތްވީ އެންމެ ދެ އަސްދޫންޏެވެ. އެތަނުން އެއް އަސްދޫންޏަށް ވައިލްޑް ލައިފް ރެސްކިއު ސެންޓަރެއްގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

މަގުހުރަސް ކުރަން އުޅެނިކޮށް ކާރު އެކްސިޑެންޓްވި އަސްދޫނިތައް ސަލާމަތް ކުރަން އެމަގުން އެވަގުތު ދަތުރު ކުރަމުންދިޔަ ކާރެއްގެ ޑްރައިވަރު ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކުރުމަށް އޭނާއުޅުމުގެ ތެރޭގައި އޭނާގެ ކާރު ޕާކް ކޮށްފައިވަނީ މަނާ ސަރަހައްދެއްގައި ކަމަށްބުނެ ޓްރެފިކް ފުލުހުންވަނީ ކާރުގައި ސްޓިކާ ހިއްޕައިފައެވެ. އަދި 44 ޑޮލަރުން ޑްރައިވަރު ޖުރިމަނާވެސް ކޮށްފައެވެ.

ކާރު ދުއްވަން އިން ޢުމުރުން 33 އަހަރުގެ ހޭލީ ބީބީ ހާމަކުރިގޮތުގައި އޭނާ ކާރު މަޑުކުރީ މަގުހުރަސް ކުރަމުންދިޔަ އަސްދޫނިތައް ސަލާމަތްކުރުމަށެވެ. މަރުނުވެ ސަލާމަތްވި ދެ އަސްދޫނި ނަގައި 911 އިމާޖެންސީއަށް ގުޅައި އެތަނުން އައިމީހުންނާ އޭނާ ދެ އަސްދޫނި ހަވާލު ކުރިއެވެ. ވައިލްޑްލައިފް ރެސްކިއު ސެންޓަރުގައި މަރުވެފައިވަނީ މި ދެއަސްދޫނިން އެއް އަސްދޫންޏެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް