ފުލުހުންނަށް ފިލަންވެގެން ފުލުސް އެކަޑަމީއަށް މީހަކު ވަދެއްޖެ

image

ފުލުހުންނަށް ފިލަންދުވި އެމެރިކާގެ މިސިސިޕީ މީހަކު ނޭނގި މިސިސިޕީ ފުލުހުންގެ އެކަޑަމީގެ ތެރެއަށް ވަދެއްޖެއެވެ.

މިސިސިޕީގެ ބިލޮކްސީ ފުލުހުންގެ އިސްވެރިޔާ ޖޯން މިލާ ދަސަން-ހެރަލްޑްއަށް މައުލޫމާތު ދިންގޮތުގައި 30 އަހަރުގެ ރޮޖަރ ބީސްލީ ޖޫނިއަރ މަގުމަތީގައި ޕެޓްރޯލް ކުރަމުންދިޔަ ޓްރެފިކް ފުލުހުން ފެނުމުން ކާރުން ފުއްމާލާފައި ފުލުހުންނަށް ފިލަންވެގެން ދުވެފައި ގޮސްވަނީ މިސިސިޕީގެ ހެރިސަން ކައުންޓީގެ ފުލުހުން ތަމްރީން ކުރާ އެކަޑަމީގެ ތެރެއަށެވެ.

ބީސްލީ އެތަނަށް ފިލަން ވަދެއޮއްވާ އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންވަނީ އޭނަ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނާގޮތުގައި ބީސްލީއަކީ މަސްތުވާތަކެތި ގެންގުޅުމާއި ވިއްކުމުގެ ކުށުގައި މީގެ ކުރިން ހައްޔަރު ކުރެވިފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް