ސިންގާއެއްގެ ވަކިތަކުން ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

image

ދާޖިސްތާނުގެ މަޚަޗްކުލާގެ ޑްރޭކަން ޒުލަށް މަންމައާއެކު ގޮސް އުޅުނު ތުއްތު ކުއްޖަކު އެތާނގައި އޮތް ސިންގާއެއް ޖަހައިގަތުމުން ސިންގާގެ ވަކިތަކުން އެކުއްޖާ ސަލާމަތް ކޮށްފިއެވެ.

ސިންގާގެ ވަކި ތަކުން ތުއްތު ކުއްޖާ ސަލާމަތްކުރީ އެކުއްޖާގެ ހުޝިޔާރު މަންމަ ނީނާ ޗަބަރޯވްއެވެ.

އުމުރުން 4 އަހަރުގެ ނިކިޓާއާއި އޭނާގެ މަންމައަށް މިހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެސިންގާ ކޮށިން ނެރެ ޒުލަށް ދޫކޮށްލާފައި އޮތް މައްސަލަ އެސަރަޙައްދުގެ ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މިހާދިސާ ހިނގައި ދިޔަ ތަން އެތަނުގައި އެވަގުތު ހުރި 27 އަހަރުގެ އެލެކްސީ ޓަޑަރޯވްވަނީ ވީޑިއޯކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement