ނޫކުލައިގެ ބޮޑު ކަކުންޏެއް ބާނައިފި
އަލަސްކާގެ ނޯމް ކިޔާ ސަރަޙައްދަކުން ވަރަށް މަދުން ނޫނީ ނުފެންނަ ނޫކުލައިގެ ބޮޑު ކަކުންޏެއް ބާނައިފިއެވެ.
ފްރޭންކް މިކްފާލަންޑަށް މިކަކުނި ފެނުނީ އޭނާ ދާޖަހައިގެން ބާނާފައި ހުރި މަސްތަކުގެ ތެރެއިންނެވެ.މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު އެކަކުނި ވަނީ ނޯޓަން ސައުންޑް ސީފުޑް ސެންޓަރުގެ ކޮށްޓެއްގައެވެ. އެ ނޫކަކުނި ބެލުމަށް އެތަނަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާކަމަށް ކޭނޯމް ނޫހުން ހާމަކޮށްފައިވެއެވެ.
އަލަސްކާ ޑިޕާޓްމެންޓް އޮފް ފިޝް އެންޑް ގޭމްގެ ސްކޮޓް ކެންޓް ބުނެފައިވާ ގޮތުގައި އެކަކުނީގައި ނޫކުލަ ހުންނަންވީ ސަބަބެއް އެނގިފައިނުވާ ކަމަށެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު