ޑައިނަސޯ ޝިކާރަ ކުރުމުގެ ތުހުމަތު ސްޕީލްބާގްގެ ބޮލުގައި އަޅުވައިފި
ހޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް އޭނާގެ ފިލްމު ޖުރަސިކް ޕާކްގެ ސެޓުގައި ޑައިނޮސޯގެ ވައްތަރެއްކަމަށް ބުނާ ޓްރައިސެރަޓްރޮޕްސްގެ މަރުވެފައިވާ އެއްޗެއްކަމަށް ދައްކުވައިދޭ އެއްޗެއް ކައިރީގައި ނަގާފައިވާ ފޮޓޯއެއް އާންމުވުމުގެ ސަބަބުން ގިނަ ބަޔަކު ސްޕީލްބާގްއާ ދެކޮޅަށް ނުރުހުން ފާޅުކޮށްފިއެވެ.
ފޭސްބުކްގައި ޖޭ ބްރަންސްކަމްބް ނަކަމަށް ކިޔާ މީހަކު ސްޕީލްބާގްގެ މިފޮޓޯ އާންމުކޮށްފައިވާއިރު އޭނާ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައިވަނީ "މިއީ ޓްރައިސެރަޓޮޕެއް ޝިކާރަކުރުމަށްފަހު އެކަމާ ބޮޑާވެ އެކަމަށް ފަހުރުވެރިވުމަށްފަހު ޝިކާރަކުރާ މީހާކު ނަގާފައިވާ ހިތާމަވެރި ތަސްވީރެކެވެ."
މީގެ އިތުރުން ބްރަންސްކަމްބް މިފޮޓޯ ފޭސްބުކަށް ލުމަށްފަހު އޭނާވަނީ އެފޮޓޯ އާންމުކޮށް އެފޮޓޯގައި ވާމީހާ ބޭޒާރުކޮށް ލަދުގަންނަވާލުމަށް ގޮވާލާފައެވެ.
ޑައިނަސޯއަކީ މިހާރު ދުނިޔޭގައި އުޅޭ އެއްޗަކަށް ނުވިނަމަވެސް ސްޕީލްބާގްގެ މިފޮޓޯއާއި މެދު ޚިޔާލުފާޅުުކޮށްފައިވާ ތަރައްޤީއާއި ތަމައްދުނުގައި ކުރިއަރައިގޮސްފައިވާކަމަށް ފަޚުރުވެރިވަމުންދާ ހުޅަނގުގެ ގިނަބަޔަކުވަނީ މިފޮޓޯގައިވަނީ ހަމަ އަސްލު ޑައިނަސޯއެއް ކަމަށް ޤަބޫލުކޮށްފައެވެ.
"މިއީ ހާދަ ހިތާމަވެރިކަމެކޭ! އަހަރެންގެ ލޮލުންދަނީ ކަރުނަ އޮހެރެމުން. ތިޔަ އިފުރީތު މިނިވަންކަމާއި އެކު މަގުތަކުގައި ހިނގަން ދޫކޮށްލެވިފައިވަނީ ކީއްވެ؟ އޭނާ އަބަޖެހޭ ހުއްޓުވަން! މާދަމާ މަރާލާނީ ވެލޮސިރެޕްޓަރ އެއްކަމަށްވެސްވުން އެކަށީގެންވޭ؟" ޖޭ ޑީ ސޫސްލޭނަމަކަށް ކިޔާ މީހަކު ލިޔެފައިވެއެވެ.
ޖޭމްސް ބޮގްސް ނަމަކަށް ކިޔާމީހާކު ފޮޓޯގައިވަނީ ޖުރަސިކް ޕާކްގެ ޑިރެކްޓަރު ސްޓީވަން ސްޕީލްބާގްކަމަށް ބުނުމުން ވިންސެންޓް ސްމިތު ހާމަކޮށްފައިވާގޮތުގައި "އަހަރެންނަށް ހެޔޮ ކޮންމެ މީހެއްކަމަށްވިޔަސް. އޭނާ ނުޖެހޭ އެޖަނަވާރު މަރާލާކަށް!"
ކިޔުންތެރިންގެ ހިޔާލު