ސާރިދޯޅުތަކެއް ކުޑަކުދިންގެ އިންޓޯލު ވަގަށް ނަގައިފި
ކުޑަކުދިން ތަކެއްގެ އިންޓޯލް ދަބަސްތަކެއް ސާރިދޯޅެއް ވަގަށް ގެންގޮސްފިއެވެ. ސާރިދޯޅުތައް ވަގަށް ގެންގޮސްފައިވަނީ ކޭމްޕު ގޮސްތިބި އެލަސްކާ ޕެސިފިކްގެ ޔުނިވާސިޓީ ކެމްޕަހު ކުދިންގެ ދަބަސްތަކެވެ.
އެންކަރޭޖް ޑެއިލީއަށް މައުލޫމާތު ދެމުން ކޭމްޕްގެ ޕްރޮގްރާމް މެނޭޖަރު ކޭޓީ އެޑްރިއަން ހާމަކުރި ގޮތުގައި ސްކޫލުގެ ފުޓުބޯޅަ ދަނޑުގެތެރެއަށް އެސާރިދޯޅުތައް ވަދެ އެތަނުގައި ބަހައްޓާފައިހުރި ޕިކްނިކް ވަށިތަކުގައި ކާއެއްޗެހިވެސް ވަނީ ކާލައިފައި ކަމަށެވެ.
މަންޒަރުދުށް މީހުން ބުނެފައިވާ ގޮތުގައިސާރިދޯޅަތައް އެއްވެސް ކުއްޖަކާ ދިމާއަށް ނުދެއެވެ. މިހާދިސާއަށްފަހު ކޭމްޕްގެބައިވެރިން ކާން ހަމަޖެއްސީސްކޫލް ތެރެއެވެ.
އެލަސްކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ސާރިދޯޅައަކީ އާންމުންގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްނުބެލެވޭ ކަމަށެވެ. އެހެންކަމުން އެހިސާބުގައި އުޅޭ ސާރިދޯޅު ހިފައި ހައްޔަރު ކުރުމަށް ނުވިސްނާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު