ލޯބިވެރިޔާއާ ބައްދަލުކުރަން ޖަލުން ފިލި ޤައިދީއަކު ހައްޔަރުކޮށްފި
ލޯބިވެރިންގެ ދުވަހުގައި ލޯބިވެރިޔާއާ ބައްދަލުކުރުމަށް އެމެރިކާގެ އެރިޒޯނާގެ ޖަލުން ފިލި ޤައިދީއަކު އެސަރަޙައްދުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ޕިނަލް ކައުންޓީ ޝެރިފްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ލޯބިވެރިޔާއާ ބައްދަލުކުރުމަށް އެރިޒޯނާ ޖަލުން ފިލާފައިވަނީ ޖޯސެފް އެންޑްރޫ ޑެކެނިޕް ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ޖަލުން ފިލިތާ ދެތިން ގަޑިއިރު ފަހުން ކޫލިޖް އަވަށުންނެވެ.
ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ޑެކެނިޕް ޖަލުން ފިލާފައިވަނީ ޖަލުގައި ޖަހާފައިހުރި ނަރުތަކުގެ ދަށުން ދެމިގެންނެވެ.
ކައުންޓީ ޝެރިފްގެ އޮފީހުން ބުނާގޮތުގައި އެނަރުތަކުގެ ދަށުން ދެމިގަތުމުން އޭނާގެ ގައިގެ އެކިތަންތަން ކަފައިގެން ގޮސްފައިވާތީ އޭނާ އަށް މިހާރުދަނީ ފަރުވާދެމުން ކަމަށެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު