ކޮއްކޮ ދެކެރުޅިއައިސްގެން ކޮއްކޮގެ ކަންފަތުގަ ދަތްއަޅައި އިރާލައިފި
އެމެރިކާގެ ނިއުޔޯކް މީހާކު އޭނާގެ ކޮއްކޮ ދެކެ ރުޅިއައިސްގެން ކޮއްކޮގެ ކަންފަތުގައި ދަތްއަޅައި ކަންފަތް އިރާލައިފިއެވެ.
ފުލުހުން ހާމަކުރާގޮތުގައި 27 އަހަރުގެ ޝޯން ފެލަން ނެބާ އޭނާގެ ކޮއްކޮ 26 އަހަރުގެ ފްރޭންކް ފެލަން ނެބާގެ ކަންފަތް އިރާލީ އޭނާގެ އެޕާޓްމެންޓުގައި ބޭއްވި ޕާޓީއެއްގައެވެ.
އެގޭގައި ދިރިއުޅޭ މީހަކު ނޫސްތަކަށް މައުލޫމާތުދީފައިވާގޮތުގައި ދެމީހުންވެސް ތިބީ ރާބޮއެގެން މަސްތުގެ ހާލަތުގައެވެ. އަދި ފްރޭންކްގެ ކަންފަތުގައި ދަތްއަޅައި ކަންފަތް އިރާލުމުގެ އިތުރުން ޝޯންވަނީ ފްރޭންކްގެ މޫނުގައި ތަޅާތަޅާ ފްރޭންކް ހޭނެތޭވަރުކޮށްފައެވެ.
ޚަބަރުތަށް ބުނާގޮތުން ފްރޭންކަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ޝޯން މިހާރުވަނީ 15000 ޑޮލަރުގެ ކަފާލަތަކާއި އެކު މޮންރޯ ކައުންޓީ ޖަލުގައި ހައްޔަރުކޮށްފައެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު