ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފާދިރީންތަކެއް ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އޮސްޓްރޭލިއާގެ ކެތަލިކް ޗާޗްގެ ފާދިރީންތަކެއް އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވުނު 11 ފާދިރީންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ސެއިންޓް ސްޓޭނިސްލައުސް ކޮލެޖާއި އޯލް ސެއިންޓްސް ކޮލެޖްގެ ބައެއް ދަރިވަރުންނަށް 1960 ވަނައަހަރުން ފަށައިގެން އެކި ފަހަރުމަތިން ޖިންސީ ގޯނާރުމެވެ.

މިގޮތުން އެންމެ ފަހުން ހައްޔަރުކުރެވިފައިވާ ނިއުސައުތު ވޭލްސްގެ ބޭތާސްޓްގެ 71 އަހަރުގެ ފާދިރީ ހައްޔަރުކޮށްފައިވަނީ ނިއުވިންގްޓަންގައި ހުންނަ އޭނާގެ ގެއިންނެވެ. އަދި އޭނާ މިހާރު ވަނީ އޯބާން ޕޮލިސް ސްޓޭޝަނުގައި ބަންދުކުރެވިފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް އަދި ބިރުދެއްކުމުގެ ކުށުގައެވެ.

މިއަހަރުގެ މާޗް 18 ވާ އަންގާރަދުވަހު ބަރވުޑް ލޯކަލް ކޯޓުގައި އޭނާގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން އޮންނާނެކަމަށް އެޤައުމުގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް