ވަރި މަދުކުރުމަށް 1000 ވުރެ ގިނަ މީހުން އެއްފަހަރާ ކައިވެނިކޮށްފި
ނައިޖީރިޔާގެ ސިޓީއެއް ކަމުގައިވާ ކާނޯގައި 1000 އަށް ވުރެ ގިނަ މީހުން އެއްފަހަރާ ކައިވެނިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާގިނަ މީހުން އެއްފަހަރަކާ އެޤައުމުގައި ކައިވެނިކޮށްފައިވަނީ އެޤައުމުގައި މާބޮޑަށް ވަރި ގިނަވުމުގެ ސަބަބުން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.
"އަޅުގަނޑުމެން މިތަނުގައި އެއްވެ މިތިބީ 1111 މީހުންގެ ކައިވެނި ކޮށްދިނުމަށް،" ކައިވެނީގެ މިހަފްލާ ފެށުމުގެ ކުރިން ޑެޕިއުޓީ ގަވަރުނަރު ޢަބްދުﷲ ޢުމަރް ގަންޑޫޖޭ ހާމަކުރިއެވެ.
ޚަބަރުތަކުން ބުނާގޮތުގައި މިއީ އެޤައުމުގައި މިގޮތަށް ބޭއްވުނު ހަތަރުވަނަ ކައިވެނީގެ ހަފްލާއެވެ.
އަދި ހަފްލާގައި ކައިވެނިކޮށްފައިވަނީ ކުރީގައި އިނދެ ވަރިކޮށްފައިތިބި މީހުންނެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު