ވަރަށް މަދުން އުފަންވާ ކަހަލަ އެއްމާބަނޑު ތިންބެއިން ކެލިފޯނިއާގައި އުފަންވެއްޖެ

އުތުރު ކެލިފޯނިއާގައި ވަރަށް މަދުންނޫނީ ނުފެންނަ ކަހަލަ ޤުދުރަތީ ގޮތުން ގަރުބަގެންފައިވާ އެއްމާބަނޑު ތިން ބެއިން ދެމަފިރިއަކަށް ލިބިއްޖެއެވެ.

ސަޓާރ މެމޯރިއަލް ހޮސްޕިޓަލްގައި ނޮވެމްބަރ 22 ވަނަ ދުވަހު އުފަންވެފައިވާ އެބީ، ބްރިން އަދި ލޯރަލް ހެޕްނާރ ލިބިފައިވަނީ ހަނާ އާއި ޓޮމް ހެޕްނާރއަށެވެ.ސައިންސްވެރިން ހާމަކުރާގޮތުގައި މިތިންބެއިން އުފެދިފައިވަނީ އެންމެ ބިހެއް ތިންބަޔަށް ބެހިގެނެވެ.

ސަޓަރ ވިމަން ސަރވިސަސްގެ ޑިރެކްޓަރ ޑޮކްޓަރ ވިލިއަމް ގިލްބާރޓް ހާމަކޮށްފައިވާ ގޮތުގައި ދަރިމައިވުމުގެ ބޭސްތައް ބޭނުންނުކޮށް އެއްމާބަނޑު ތިންބެއިން އުފެދުމުގެ ފުރުސަތަކީ ވަރަށް ހަނި އެއް މިލިއަނުން އެކެއް ނުވަތަ ސަތޭކަ މިލިއަނުން އެއް ފަހަރު ކަމަށެވެ.

އޭނާ އިތުރަށް ހާމަކޮށްފައިވާގޮތުގައި މިކަމުގެ މަދުކަމުން މިކަހަލަ ކުދިން އުފަންވުމުގެ ތަފާސްހިސާބު އެހާ ސީދާކޮށްބުނަން ދަތިކަމަށެވެ.

މިތިން ބެއިންގެ ހަށިގަނޑުގެ ފިނިހޫނުމިން ހަމައަކަށް އެޅި ރަނގަޅަށް ކިރު ބޯންފަށަންދެން އަދި ތިބީ ހޮސްޕިޓަލުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް