ނުވަ އަހަރު ކުރިން ގެއްލުނު ކުއްތާ ފެނިއްޖެ

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ 47 އަހަރުގެ މިލިސާ މާއީ މީގެ 9 އަހަރު ކުރިން ގެންގުޅުނު ނިއާމް ނަމަކަށް ކިޔާ ކުއްތާ ދާދި ފަހުން ފެނިއްޖެއެވެ.

2004 ވަނަ އަހަރު މެއި މަހު ގެއްލުނު ކުއްތާ ފެނިފައިވަނީ ސެލިސްބަރީއާއި 80 މޭލު ދުރުންނެވެ. އެކުއްތާ ގެއްލިފައިވަނީ އޭތި މާއީގެ ގޭގެ ބަގީޗާގެ ފެންސް ދޭތެރެއިން ދެމިގަގެނެގެން ދިއުމުންނެވެ.

މިލީސާ ހާމަކުރި ގޮތުގައި އޭނާގެ ކުއްތާ ގެއްލިގެން އޭނާވަނީ މުޅި ހިސާބުގަނޑު ހޯދާފައެވެ. އަދި ގޭގައި ގެންގުޅޭ ޖަނަވާރުތައް ގެއްލިގެން ހޯދައިދޭ ތަންތަނަށްވެސް ގުޅައި ނިއާމް ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މިލީސާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ފަހުން ފެނުމުންވެސް ނިއާމް އަށް މިލީސާ ފާހަގަ ކުރަން އެނގުނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް