ސިއޯލް ސިޓީގެ ކުޅެންތެރިޔެއްގެ ޖިންސު ކަށަވަރު ކުރަންޖެހޭނެކަމަށް އެޤައުމުގެ އެހެން ހަޓީމަކުން ގޮވާލައިފި

ދެކުނު ކޮރެއާގެ ސިއޯލް ސިޓީގެ އަންހެނުންގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔެއް ކަމަށްވާ ޕާކް އިއުންޝޯންއަކީ އަންހެނެއްކަން ކަށަވަރު ކުރުމަށް ދެކުނު ކޮރެއާގެ އަންހެނުންގެ ފުޓުބޯޅަ ލީގަށް އެޤައުމުގެ އެހެން ހަޓީމަކުން ގޮވާލައިފިއެވެ.

ދެކުނުކޮރެއާގެ ނޫސްތަކުން ހާމަކުރާގޮތުގައި ސިއޯލް ސިޓީގެ އަންހެނުންގެ ފުޓުބޯޅަ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ ޕާކް އިއުންޝޯންއަކީ އަންހެނެއްކަން ކަށަވަރު ނުކުރާނަމަ އެޤައުމުގެ އަންހެނުންގެ ފުޓުބޯޅަ ލީގު އެއްކޮށް ބޮއިކޮޓްކުރާނެކަމަށް އެޓީމުތަކުން ވަނީ އިންޒާރުދީފައެވެ.

މިޓީމުތަކުން މިހެން ގޮވާލާފައިވާއިރު އެކަމާ ދެކޮޅު ހަދާފަރާތްތަކުން ހާމަކުރާގޮތުގައި ޖިންސު ކަށަވަރުކުރުމުގެ މިފަދަ ޓެސްޓެއްކުރުމީ އެއީ 26 އަހަރުގެ ޕާކް އިއުންޝޯންގެ އިންސާނީ ޙައްޤަކަށް އަރައިގަތުމެވެ.

ކޮރެއާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފައިވާގޮތުގައި މިދިޔަ ސީޒަނުގެ 23 މެޗެއްގައި 19 ގޯލު ޖަހާފައިވާ ޕާކްގެ އުމުރުން 15 އަހަރުގައި އޭނާގެ ޖިންސު ކަށަވަރުކުރުމަށް ވަނީ ޓެސްޓެއް ހަދައި އޭނާއަކީ އަންހެނެއްކަމަށް ޓެސްޓުގެ ނަތީޖާއިން ދައްކާފައެވެ.

މިކަމާ ގުޅިގެން ޕާކް މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އޭނާވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި އޭނާގެ ޖިންސު ކަށަވަރުކުރުމަށް ބުނާ މީހުން އޭނާއަށް ވަރަށް ބޮޑު ހިތާމައެއް ދީފައިވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް