ތިންމަސްކުރިން ކޯރެއްގެ ތެރެއަށް ގެއްލުނު ފޯނު ފެނިއްޖެ
ސްވިޑެންގެ ލޭކެއްގެ ތެރެއަށް މީގެ ތިން މަސްކުރިން ވެއްޓި ގެއްލުނު ފޯނު ފެނިއްޖެ ކަމަށާއި އަދި ފޯނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ރޮޖަރ ނިލްސަން ކިޔާ މީހަކު ހާމަކޮށްފިއެވެ.
ނޮކިއާ ސްވިޑެންގެ ފޭސްބުކް ސަފްޙާއަށް ކޮމެންޓް ކުރަމުން އޭނާ ބުނިގޮތުގައި ލޭކެއްގެ ތެރެއަށް މީގެ ތިންމަސް ކުރިން ވެއްޓުނު ނޮކިއާ ލުމިއާ 800 މަރުކައިގެ ފޯނު އޭނާއަށް ފެނުނީ އެފެންގަނޑުގެ އަޑީގައި ދެގަލުގެ ދޭތެރޭގައި ތާށިވެފައި އޮއްވައެވެ.
އަދި ފޯނު ނަގައި ގެއަށް ގޮސް ފޯނުގެ ބޭރުގައި ޖަހާފައި ހުރި ފެއްސާއި އަދި ކިސަޑު ފިލުވުމަށްފަހު ފޯނު ޖެއްސިއިރު އެއްވެސް މައްސަލައެއް ޖެހިފައި ނެތްކަމަށް އޭނާ ހާމަކުރިއެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު