އަސްދޫނި ތަކެއް ބޭސްފިހާރައަކަށް ވަދެ ޕޮޕްކޯން ތަކެއް ގެންގޮސްފި
އެމެރިކާގެ ނިއުޔޯރކްގެ ބޭސްފިހާރައަކަށް އަސްދޫނި ބައިގަނޑެއްވަދެ އެތަނުގައި ހުރި ޕޮޕްކޯން ތަކެއް ގެންގޮސްފިއެވެ.
އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި ސަރަޓޯގާ ސްޕްރިންގަށް ފަންސާހަކަށް އަސްދޫނި ވަދެފައިވެއެވެ. އަދި އަސްދޫނިތައް ވަނުމުން ބޭސްފިހާރައިގެ މުވައްޒަފުން މޮޕުތަކެއް ނަގައިގެން އެއަސްދޫނިތައް ބޭރުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އަސްދޫނިތައް މަތަކުރެވުނީ އެތަނުގެ މުވައްޒަފުންގެ ތެރެއިން އެކަކު އަސްދޫނިތަކަށް ޕޮޕްކޯން ދިނުމުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އަސްދޫނިތައް ވަނީ ޕޮޕްކޯން ކޮތަޅުތައް ތުނބު ލައިގެން އެތަނުން ނިކުމެފައެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު