އޯރިއޯ ބިސްކޯދަކީ ކޮކެއިންއަށް ވުރެ ދެވިހިފާ އެއްޗެއް
އޯރިއޯފަދަ ބިސްކޯދަކީ ކޮކެއިންފަދަ މަސްތުވާތަކެއްޗަށްވުރެ ސިކުނޑީގެ "ޕްލެޝަރ ސެންޓަރ" ނުވަތަ އުފާވެރިކަމުގެ ހިއްސުގެ މައިދާނުގެ ނިއުރޯންތައް ހަރަކާތްތެރިކުރުވާ އެއްޗެއްކަމުގައި އެމެރިކާގެ ކޮނެޓިކަޓްގެ ކޮލެޖެއްގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފިއެވެ.
"އަޅުގަނޑުމެންގެ ދިރާސާއިން ހޯދުނީ އޯރިއޯ ފަދަ ފެޓްސް ގިނަ، ހަކުރުގެ ބާވަތް ގިނަ ކާބޯތަކެތިން މަސްތުވާތަކެތި ސިކުނޑިއާ ކުޅެލާފަދައިން ކުޅެލާކަން،" ނިއުރޯސައިންސް އެސިސްޓެންޓް ޕްރޮފެސަރ ޖޯސެފް ޝްރޮއިޑަރ ހާމަކުރިއެވެ.
"ޙަޤީޤަތުގައި މިކަމުގެ ސަބަބުން އެފަދަ ތަކެތިން ދުރުވާން އުނދަގޫވަނީ. އަދި މިއީ ފަލަވުމަށް ދިމާވާ ވަރަށްވެސް ބޮޑު ސަބަބެއް،" އޭނާ އިތުރަށް މަޢުލޫމާތުދިނެވެ.
ޝްރޮއިޑަރގެ ދަރިވަރުންވަނީ ބަނޑުހައިވެފައިވާ މީދާތަކެއް އެއްފަރާތުގައި ހަނޑޫކޭކް އަދި އަނެއް ފަރާތުގައި އޯރިއޯ ބިސްކޯދުތަކެއް ބަހައްޓާފައި ހުރި "މޭޒް" އަކަށް ލާފައެވެ. "އިންސާނުންނެކޭ އެއްފަދައިން ހަނޑޫކޭކަކީ މީދަލަށް މާކަމުދާ އެއްޗަކަށް ނުވި."
އެއެކްސްޕެރިމެންޓަށްފަހު އެމީދާތަކަށްވަނީ ކޮކެއިންއާއި މެޑިކަލް ހެރޮއިން ނުވަތަ މޯރޕައިން އިންޖެކްޝަން ދީފައެވެ. ޝްރޮއިޑަރ ހާމަކުރިގޮތުގައި މީދާތަކަށް އެމަސްތުވާތަކެތި ކަމުދިޔަވަރަށް އޯރިއޯ ބިސްކޯދުވެސް ވަނީ ކަމުގޮސްފައެވެ.
ޝްރޮއިޑަރ އިތުރަށް ބުނިގޮތުގައި އިންސާނުންނެކޭ އެއްގޮތަށް މީދާތައް އެންމެ ފުރަތަމަ ކާލަން ބޭނުންވަނީ ބިސްކޯދުގައި ހުރި ކްރީމްގަނޑެވެ.
ކިޔުންތެރިންގެ ހިޔާލު