ޖުނާކަޕުގެ ފައިނަލުގެ ދެވަނަ ޖާގަ އެފްވައިސީއަށް

image

“ޖުނާ ފުޓުބޯލް ޗެލެންޖު 2015” ގެ ފައިނަލުގެ ދެވަނަ ޖާގަ ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) ހޯދައިފިއެވެ.

އެޓީމަށް މިޖާގަ ލިބުނީ މިއަދު ހަވީރު ހިތަދޫ، މައިލޯ ސިޓީ އެފްސީއާ ބައްދަލުކޮށް 5-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފެށިގެން ދެވަނަ މިނެޓުގައި އެފްވައިސީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ޖަހައިދިނީ ޖާރޒީ ނަންބަރ 24 ޢަލީ ނާފިޢުއެވެ. ދެވަނަ ލަނޑު ޖެހީ ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ ހުސައިނެވެ. އޭނާ މިލަނޑު ޖެހީ 18 ވަނަ މިނެޓުގައެވެ. މެޗުގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު 22 ވަނަ މިނެޓާއި 23 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޖާރޒީ ނަންބަރ 10 އިބްރާހީމް މުޙައްމަދެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތު އެޓީމުގެ 5 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ ހުސައިނެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނުކަން ރެފްރީ އިޢުލާން ކުރެއްވިއެވެ.

މި މެޗުގެ ފަހު ހާފު ފެށިގެން އިތުރު ލަނޑު ޖަހަން މަސައްކަތް ކުރިޔަސް އެފްވައިސީއަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެ މައިލޯއިންވަނީ އެފްވައިސީ ހުއްޓުވައިފައެވެ.

ފަހު ހާފުގައި ޖެހި ހަމައެކަނި ލަނޑު އަދި މައިލޯގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށް ދިނީ އެ ޓީމިގެ ޖާރޒީ ނަންބަރ 9 ޙަސަން އަދުހަމެވެ. މި ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްވައިސީގެ ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ ޙުުސައިނެވެ.މިމަހު 30 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި އެފްވައިސީއާ ބައްދަލު ކުރާނީ ފޭދޫ ފްރެންޑްސް ކުލަބެވެ. އެއީ މި މުބާރާތުގެ އެންމެފަހުގެ ޗެންޕިއަން ޓީމެވެ. ފައިނަލް މެޗު ފަށާނީ 30 ޑިސެންބަރ ވަނަ ދުވަހު ހަވީރު 4.00 ގައެވެ. ފައިނަލް މެޗުވެސް ކުޅޭނީ ހިތަދޫ ޒޯން ސްޓޭޑިއަމް ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް