އެމްސީޔޫ ވިމެންސް ކަޕްގައި މިހާތަނަށް 4 ޓީމް ބައިވެރިވެއްޖެ

image އެމްސީޔޫއިން މިއަހަރު ބޭއްވި ޓީޗަރަސް ފުޓުސަލް ކަޕްގެ ތެރެއިން

އަންނަ އަހަރު ޖެނުއަރީމަހު 11 ވަނަ ދުވަހު ފަށާ "އެމްސީޔޫ ވިމެންސް ވަންޑޭކަޕް 2016 އައްޑޫ ސިޓީ" މުބާރާތުގައި މިހާތަނަށް 4 ޓީމެއް ބައިވެރިވެފައިވާ ކަމަށް މެދުވަލު ސިޓީ ޔުނައިޓްޑް (އެމްސީޔޫ) އިން ބުނެފިއެވެ.

މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ ގެ ޓީމުތަކެވެ. މަރަދުއާއި، މަރަދޫފޭދޫން އަދި ބައިވެރިވެފައެއް ނުވެއެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ޑިސެންބަރ 30 ވަނަ ދުވަހުއެވެ.

އެމްސީޔޫ އިން ބުނެފައިވަނީ މުއްދަތު ހަމަވާއިރު ހުރިހާ ރަށަކުންވެސް ބައިވެރިވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. މިއީ އައްޑޫ ސިޓީ އަންހެނުންގެ މެދުގައި ފުޓުސަލްގެ ފޯރި ގަދަކޮށް އެކުވެރިކަން އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ އެއް ދުވަހުގެ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވާ ޓީންތަކަށް މުބާރާތާ ބެހޭ ގަވާއިދާއި ޓީމްލިސްޓް ހަވާލު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. އެމްސީޔޫއިން ވަނީ މީގެ ކުރިންވެސް ފުޓުސަލް މުބާރާތެއް ހިތަދޫގައި ބާއްވައިފައެވެ. އެ މުބާރާތަށްވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުުރުސަތު ލިބޭނީ އައްޑޫ ސިޓީގެ ކޮންމެ ރަށަކުން ޓީމަކަށެވެ. ޓީމްތައް ބައިވެރި ކުރެވޭނީ ކޮންމެވެސް ޖަމިއްޔާއެއްގެ ފަރާތުންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗްތައް ކުޅޭނީ ހެނދުނުއެވެ. ސެމީގެ މެޗްތައް ކުޅޭނީ މެންދުރު ފަހުއެވެ. ފައިނަލް ކުޅޭނީ ރޭގަނޑުއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement