އެލައިޑް އިންސުއަރެންސް ޤައުމީ ވޮލީބޯޅަ ލީގު ރަނަރަޕްކަން ޕޮލިސް ކުލަބަށް

image

އެލައިޑް އިންސުއަރެންސް ޤައުމީ ވޮލީބޯޅަ ލީގު ރަނަރަޕްކަން ޕޮލިސް ކުލަބު ހޯދައިފިއެވެ.

މި ޑިސެމްބަރު މަހުގެ 3 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ޕޮލިސް ކުލަބަށް ލިބިފައިވަނީ ލީގުގެ ދެވަނަ ކަށަވަރުކުރުމާއެކު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ލީގުގެ ދެވަނަ މަޤާމް ޕޮލިސް ކުލަބު ކަށަވަރުކޮށްފައިވަނީ މި މުބާރާތުގެ ފަހު މެޗުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވާ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށް މި މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ 21 ޕޮއިންޓާއެކުއެވެ.

މި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 26-28، 27-25، 22-25، 25-22 އަދި 11-15 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބިފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޕްރަބާގަރަންއަށެވެ.

މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކަށް ތަށްޓާއި ސެޓްފިކެޓް ދީފައިވާއިރު މި މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަޤާމު ހޮވިފައިވަނީ ޕޮލިސް ކުލަބުގެ އިޝާން މުޙައްމަދު އެވެ. އަދި މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ މުޙައްމަދު ޝާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް