ޕޮލިސް ޗެލެންޖު ކަޕުގައި ބައިވެރިވުމުގެ މުއަދަތު އިތުރުކޮށްފި

image

ލެ ސިޓީގައި ހަރަކާތްތެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ "ޕޮލިސް ޔޫތު ޗެލެންޖް ކަޕް 2014 " ގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.

މުބާރާތުގެ ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމުގެ ފޯމުއަދި ޓީމް ލިސްޓް ޑިސެމްބަރު 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޕޮލިސް ކުލަބަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޕޮލިސް ޔޫތު ޗެލެންޖް ކަޕް 2014 އަކީ ޕޮލިސް ކުލަބާއި ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގެ ކްރައިމް ޕްރިވެންޝަން ޔުނިޓާއި މާލެސިޓީގެ ޒުވާނުން ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތް ޚާއްސަކޮށްފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 20،000 ރުފިޔާއެވެ. ރަނަރަޕް ޓީމަށް 10000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންނަށް ފަހި ފުރުޞަތުތައް ތަނަވަސްކޮށް ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް