ފީއައްޔާއި، ރިއަލް އައިލެންޑުން ސެމީން ޖާގަ ހޯދައިފި

image

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް ގެ ދެމެޗު ކާމިޔާބުކޮށް ރިއަލް އައިލެންޑް އަދި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ސެމީ ފައިނަލް ކަށަވަރު ކޮށްފިއެވެ.

މިއަދު ހެނދުނު ކުއާޓާފައިނަލް ގެ ފުރަތަމަ މެޗުގައި ރިއަލް އައިލެންޑް ބައްދަލުކުރީ ރަންކަނިއާއެވެ. މިމެޗުގައި ރިއަލް އައިލެންޑް އިން 33 ލަނޑު ހަދާފައިވެއެވެ. ރަންކަނި އަށް ހެދިފައި ވަނީ 29 ލަނޑު 11 ފޯއްޔެވެ. މި މެޗުގައި އެންމެ ގިނަ ފޯލި ސައި ކޮށްފައި ވަނީ ރަންކަނި ޓީމުގެ މަރިޔަމް މަރީޝާއެވެ. އޭނާ ވަނީ 75 ފޯލި ސައި ކޮށްފައެވެ. އަދި މި މެޗުގައި އެންމެ ގިނަ ފޯލި ހިފައިފައި ވަނީ ރިއަލް އައިލެންޑްގެ ހައްވާ ލިޔުޝާއެވެ. އޭނާ 17 ފޯލި ހިފައިފައި ވެއެވެ.

ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ސެމީ ފައިނަލް ކަށަވަރު ކޮށްފައި ވަނީ ގުލްޒާރު އާ ބައްދަލު ކޮށްގެންނެވެ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން މިމެޗުގައި 37 ލަނޑު ހަދާފައި ވެއެވެ. ގުލްޒާރަށް ހެދިފައި ވަނީ 23 ލަނޑެވެ. މި މެޗުގައި އެންމެ ގިނަ ފޯލި ސައި ކޮށްފައި ވަނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ދެ ކުޅުންތެރިން ކަމަށްވާ ޝާއިރާ އަހުމަދާއި އައިމިނަތު ޖަމީލާއެވެ. މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކުވެސް 74 ފޯލި ސައި ކޮށްފައިވެއެވެ. މި މެޗުގައި އެންމެ ގިނަ ފޯލި ހިފައިފައި ވަނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ އައިޝަތު ރީމާއެވެ.

މިއަދު ހަވީރު މި މުބާރާތުގެ ކުއާޓާ ފައިނަލް ގެ ދެމެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. 15:30 އދ. ކުނބުރުދޫ ބަށި ޓީމާ ބައްދަލު ކުރާނީ ކ.ދިއްފުށީ ކުރަނގި ބަށި ޓީމާއެވެ. 16:30 ގައި ބައްދަލު ކުރާނީ ވިދުވަރު އާއި ގުލްސަމްޕާއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement