ހައްދުންމަތީ ގަމު އީދު ކަޕުގެ ޗެމްޕިއަންކަން އައިޑަލް ހޯދައިފި

image

"ސުޓާރ ހައްދުންމަތީ ގަމު އީދު ކަޕުގެ" ޗެމްޕިއަންކަން އައިޑަލް ހޯދާފަިއެވެ.

ތުނޑީ އަވަށު ފުޓުސެލް ދަނޑުގައި މިއަދު ކުރިއަށްދިޔަ މެޗް އަައިޑަލް ކާމިޔާބް ކޮށްފައިވަނީ މަތިމަރަދޫ އެމްޒެޑުޖޭ ބައްދަލުކޮށް 4 ލަނޑު 1 ލަނޑުންނެވެ. އެ މެޗްގެ މޭން އޮޕް މެޗްއަށް ހޮއިފައިވަނީ އައިޑެލްގެ ޖާޒީ ނަންބަރ 23 ރައްޒާންއެވެ.މުބާރާތް ނިމުނުން މިއަދު ވަނީ މި މުބާރާތްގެ ވަނަވަނަ އަށް ކުޅުންތެރިންނަން ހަދާނީ ލިޔުން ދީފައެވެ. އެތަކެތި ހަވާލުކޮށްދެއްވީ ގަމު ކައުންސިލް މެމްބަރ އަބުﷲ ނާފިޒް އެވެ.

މުބާރާތްގެ އެންމެ މޮޅު ފަސް ކުޅުން ތެރިންވެސް މިއަދު ވަނީ ހޮވާފައެވެ. އެ ފަސްކުޅުންތެރިންނަކީ، އައިޑެލް ގެ ޖޯޒީ ނަންބަރ 8 ޖުވައިދު އަހުމަދު، މުކުރިމަގު ސުޕޯޓްގެ ޖާޒީ ނަންބަރ 7 ހުސެއިން ނިމާސް، ޕައިރެޓްސް ސޯމާލިޔާގެ ޖާޒީ ނަންބަރ 11 އަލީ ސާމް އާއި އެމްޒެޑްޖޭ ގެ ޖާޒީ ނަންބަރ 9 އިބްރާހިމް މުހައްމަދުއެވެ.

މުބާރާތްގައި ޖުމްލަ 6 ޓީމް ގަމުގެ އެކި އަވަށްތަކުން ބައިވެރި ވެފައިވެއެވެ. ކުރިއަށް އޮތް އަލްހާ އީދުގައި ދޮށީ އުމުރު ފުރައިގެ މީހުންނަން ހާއްސަކޮށްގެން ފުޓްސެލް މުބާރާތެއް ބާއްވުމަށް ވެސް ސުޓާ ޖަމިއްޔާއިން ވަނީ ނިންމައިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް