ހެނދުނު ކުޅުނު ބަށި މެޗުތައް ފީއަލި އަދި ކުނބުރުދޫން ކާމިޔާބުކޮށްފި

image

މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ކުޅުނު "އެސްޓީއޯ ހޯމް އިމްޕްރޫވް މަންޓު ބަށި މުބާރާތުގެ" މެޗުތަށް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުންނާ އދ. ކުނބުރުދޫ ބަށި ޓީމުން ކާމިޔާބު ކޮށްފިއެވެ.

ފީއްއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން މެޗް ކާމިޔާބު ކޮށްފައި ވަނީ ގުލްސަމްޕާގެ މައްޗަށް 36 ލަނޑު ހަދައިގެންނެވެ. ގުލްސަމްޕާއަށް ހެދިފައިވަނީ 25 ލަނޑު 11 ފޯއްޔެވެ. މި މެޗްގައި އެންމެ ގިނަ ފޯލި ސައި ކޮށް ފައިވަނީ 116 ފޯލި ޖަހައިގެން ފީއްއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ އައިމިނަތު ޖަމީލާއެވެ. އަދި މި މެޗުގައި އެންމެގިނަ ފޯލި ހިފައިފައި ވަނީވެސް މި ޓީމުގެ އައިމިނަތު ޖަމީލާއެވެ. އޭނާ ހިފައިފައި ވަނީ 18 ފޯއްޔެވެ.

އދ. ކުނބުރުދޫ ބަށި ޓީމް ހުޅުމާލެ ވިމެންސް ސްޕޯޓްސްގެ މައްޗަށް ކުރި ހޯދާފައިަނީ 34 ލަނޑު 9 ފޯލި ޖަހައިގެންނެވެ. ހުޅުމާލެ ވިމެންސް ސްޕޯޓްސް އަށް ކާމިޔާބު ކުރެވިފައި ވަނީ 23 ލަނޑު 11 ފޯއްޔެވެ. މި މެޗުގައި އެންމެ ގިނަ ފޯލި ސައި ކޮށްފައި ވަނީ 91 ފޯލި ޖަހައިގެން އދ. ކުނބުރުދޫ ބަށި ޓީމްގެ އައިޝަތު ޝަބާނާ އެވެ. އަދި އެންމެ ގިނަ ފޯލި ހިފައިފައި ވަނީ ވެސް ހަމަ އެޓީމުގެ ޙަދީޖާ އާމިރާއެވެ. އޭނާ ހިފައިފައި ވަނީ 19 ބޯޅައެވެ.

މިއަދު ހަވީރު ވެސް މި މުބާރާތުގެ ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު 1530 ގައި ބައްދަލު ކުރާނީ ގުލްޒާރު އަދި ވިދުވަރުއެވެ. 1630 ގައި ބައްދަލު ކުރާނީ ކ.ދިއްފުށީ ކުރަނގި ބަށި ޓީމާއި އދ. މަހިބަދޫ ސްޕޯޓްސް ކްލަބްއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް