އެސް.ޓީ.އޯ ގެ ބަށި މުބާރާތުގައި މިއަދު ކުޅުނު މެޗްތަށް މާފުށްޓާއި ރަންކަނި ކާމިޔާބު ކޮށްފި
އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓް ސްޕަރމާޓް ބަށި މުބާރާތުގައި މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗްތައް މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމޮޓީ އާއި ރަންކަނި ކާމިޔާބު ކޮށްފިއެވެ.
މިއަދުގެ ފުރަތަމަ މެޗްގައި މާފުށީ އަންހެނުންގެ ތަރަށްްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މޮޅުވެފައި ވަނީ ނ.މާފަރާ ބައްދަލު ކޮށް 34 ލަނޑު 0 ފޯލިންނެވެ. ނ.މާފަރު ބަށި ޓީމަށް ހެދިފައި ވަނީ 27 ލަނޑު 11 ފޯއްޔެވެ. މި މެޗްގައި އެންމެ ގިނަ ފޯލި ސައި ކޮށްފައި ވަނީ 122 ލަނޑު ހެދި ނ. މާފަރު ބަށި ޓީމްގެ ސިޔާނާ ނަސީރުއެވެ. މި މެޗްގައި އެންމެ ގިނަ ފޯލި ހިފާފައި ވަނީ މާފުށީ އަންހެނުންގެ ތަރަށްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނަސީމާ އަބްދުއް ސަމަދުއެވެ. އެނާ ވަނީ 16 ފޯލި ހިފައިފިއެވެ. މިއަދުގެ ދެވަނަ މެޗް ރަންކަނި ކާމިޔާބު ކޮށްފައި ވަނީ 34 ލަނޑު 5 ފޯލިންނެވެ. ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކާމިޔާބު ކުރެވިފައި ވަނީ 29 ލަނޑު 6 ފޯއްޔެވެ. މި މެޗްގައި އެންމެ ގިނަ ފޯލި ސައި ކޮށްފައި ވަނީ 111 ފޯލި ޖަހައިގެން މަރިޔަމް މަރީޝާއެވެ. އެންމެ ގިނަ ފޯލި ހިފައިފައި ވަނީ ވެސް މަރީޝާއެވެ. އޭނާ ވަނީ 24 ފޯލި ހިފައިފައެވެ.
މިރޭ ވެސް ވަނީ މި މުބާރާތުގެ ދެ މެޗް ކުޅުމަށް ހަމަޖެހިފައެވެ. މިރޭ 19:30 ގައި ބައްދަލު ކުރާނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އާއި އަރާތަރިއެވެ. 20:30 ގައި ބައްދަލު ކުރާނީ ކ.ދިއްފުށި ކުރަނގި ބަށި ޓީމާއި ރިއަލް އައިލެންޑެވެ.
ކިޔުންތެރިންގެ ހިޔާލު