އެސްޓީއޯ ބަށި މުބާރާތުގެ މިއަދު ހެނދުނު ކުޅުނު މެޗުތައް ގުލްޒާރު އަދި މަހިބަދޫން ކާމިޔާބުކޮށްފި

image

"އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓް" ބަށި މުބާރާތުގައި މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ކުޅުނު މެޗުތައް ގުލްޒާރާއި އދ. މަހިބަދޫ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ މެޗުން ގުލްޒާރު ކުރި ހޯދާފައި ވަނީ 30 ލަނޑު 3 ފޯލި ހަދައިގެންނެވެ. އަރާތަރި އަށް ހެދިފައި ވަނީ 22 ލަނޑު 11 ފޯއްޔެވެ. ގުލްޒާރު އަދި އަރާ ތަރި ބައްދަލު ކުރި މެޗްގައި އެންމެ ގިނަ ފޯލި ޖަހާފައި ވަނީ 91 ފޯލި ޖެހި ގުލްޒާރުގެ އައިޝަތު ޝަހުމާއެވެ. އެންމެ ގިނަ ފޯލި ހިފާފައި ވަނީ 22 ފޯއްޔާ އެކު އަރާތަރީގެ އައިމިނަތު ފަޒީނާއެވެ.

ދެވަނަ މެޗް ގައި އދ. މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ 35 ލަނޑު 7 ފޯލި ހަދައިގެން މެޗު ކާމިޔާބުކޮށްފައިއެވެ. ފެއަރީ ކްއީން އަށް ހެދުނީ 15 ލަނޑު 11 ފޯއްޔެވެ. އަދި ދެވަނަ މެޗްގެ އެންމެ ގިނަ ފޯލި ޖަހާފައި ވަނީ 78 ފޯއްޔާއެކު އދ.މަހިބަދޫ ސްޕޯޓްސް ކްލަބްގެ މަރިޔަމް ނައީމާ އެވެ. އަދި ދެވަނަ މެޗުގައި އެންމެ ގިނަ ފޯލި ހިފާފައި ވަނީ އދ. މަހިބަދޫ ސްޕޯޓްސް ކްލަބް ގެ މަރިޔަމް ނައީމާ އާއި ފެއަރީ ކްއީންގެ އައިމިނަތު އަބްދުލް ރަޝީދެވެ.

މިއަދު ހަވީރުވެސް ވަނީ މި މުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު 15:30 ގައި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ ނ. މާފަރު ބަށި ޓީމާއި މާފުށީ އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ. 16:30 ގައި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ ކޮޅުފުށި ޒުވާނުންގެ ޖަމިއްޔާ އާއި ރަންކަނި ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް