އެެސްޓީއޯ ބަށި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުތަކުން މޮޅުވީ ފީއަލީ ޒުވާނުންގެ ގުޅުމާއި ރަންކަނި ޓީމު

image

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި" މިއަދު ހެނދުނު ކުޅުނު މެޗުތަކުން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި، ރަންކަނި ޓީމު މޮޅުވެއްޖެއެވެ.

މިއަދު ހެނދުނު 7:00 ގައި ކުޅުނު މެޗް ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ކާމިޔާބްކޮށްފައިވަނީ 38 ލަނޑު އެއް ފޯލިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި މާފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީން 31 ލަނޑު ނުވަ ފޮލި ކާމިޔާބް ކޮށްފައިވެއެވެ.

މިއަދު ހެނދުނު ކުޅުނު ދެ ވަނަ މެޗްގައި ބައްދަލުކުރީ، ހުލުމާލޭ ވިމެންސް ސުޕޯޓް ކުލަބާއި ، ރަންކަނި ޓީމެވެ. މި މެޗް ރަނިކަނި ޓީމް ކާމިޔާބް ކުރީ 38 ލަނޑު 8 ފޯލިންނެވެ. ހުޅުމާލޭ ވިމެންސް ސުޕޯޓަށް 25 ލަނޑު ، 10 ފޯލި ކާމިޔާބްކޮށްފައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް