އެސްޓީއޯ ބަށި މުބާރާތް ހުޅުވި މެޗު ރިއަލް އައިލެންޑް ސޮސައިޓީން ކާމިޔާބުކޮށްފި

image

"އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް" ބަށި މުބާރާތުގެ ފުރަތަމަ މެޗު މަހިބަދޫ ސްޕޯޓްސް އާއި ރިއަލް އައިލެންޑް ސޮސައިޓީ ބައްދަލުކޮށް ރިއްލް އިއިލެންޑް އިން މެޗު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މުބާރާތް ހުޅުވުމަށް ކުޅުނު މެޗު ރިއަލް އައިލެންޑް އިން ކާމިޔާބުކުރީ 31 ލަނޑު ތިން ފޯލިންނެވެ. މަހިބަދޫ ސްޕޯޓްސް އަށް 28 ލަނޑު 11 ފޯލި ކާމިޔާބްކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރާކަމަށް އެސްޓީއޯ އިން ހާމާކޮށްފައިވެއެވެ. މި މުބާރާތްގައި ބައިވެރިވި ޓީމުތައް ބަހާލެވިފައި ވަނީ ހަތަރު ގްރޫޕަކަށެވެ. މުބާރާތުގެ މެޗުތަށް ހެނދުނާއި ހަވީރު އަދި ރޭގަނޑު ކުރިޔަށްގެދިއުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މުބާރާތްގެ މެޗްތައް ކުރިޔަށް ގެންދަނީ ހެންވޭރު ދަނޑުގައެވެ.

މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް