އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ބަށި މުބާރާތް މާދަމާ ފަށާނީ

image މިދިޔަ އަހަރު އެސްޓީއޯއިން ބޭއްވި ބާށި މުބާރާތުގެ ތެރެއިން

އެސްޓީއޯއިން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވާ އަންހެނުންގެ އެންމެ ބޮޑު ބަށި މުބާރާތް މާދަމާ ހަވީރު 16:00 ގައި ހެންވޭރު ދަނޑުގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

 "އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓް ސުޕަރ މާޓް ބަށި މުބާރާތް 2014" ގައި މި އަހަރު ވެސް ރާއްޖޭގެ އެކި އަތޮޅުތަކުން 16 ބަށި ޓީމު ވާދަކުރާނެއެވެ.

 މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި އެސް.ޓީ.އޯ ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވެސް ބައިވެރި ވެ ވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮޑުބެރުގެ ކުޅިވަރުތަކާއި، ތަފާތު އެތައްބައިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

މިއީ ކޮންމެ އަހަރަކުވެސް ފިތުރު އީދުގެ މުނާސަބަތުގައި އެސްޓީއޯއިން ބާއްވަމުން އަންނަ މުބާރާތެކެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް