މުކުރިމަގު ސުޕޯޓްއިން އެމް.އެން.ޑީ.އެފް ބަލިކޮށްފި
ހައްދުންމަތީ ގަމު "ރަމަޟާން ފުޓް ސެލް ކަޕުގެ" ގުރޫޕު ސްޓޭޖުގައި ރޭ ކުޅުނު މެޗު އެމްއެންޑީއެފް އާ ބައްދަލުކޮށް މުކުރިމަގު ސުޕޯޓް ކާމިޔާބުކޮށްފިއެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
މުކުރިމަގު ސްޕޯޓްސްގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 11 އަލީ މައުރޫފް އެވެ. ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ 7 އަލީ ސާމިސްއެވެ. މި މެޗް ގެ މެޗުގެ މޭން އޮފް ދަ މެޗަށް ވެސް ހޮވުނީއޭނާއެވެ.
ގްރޫޕު ސްޓޭޖުގައި އިތުރު ތިން މެޗު ރޭވަނީ ކުޅެފައެވެ. މިގޮތުން ލާމް ޕޮލިސް އާއި ޕެލިކޭން ބައްދަލު ކުރި މެޗުވަނީ 4-2 ގެ ނަތީޖާއިން ލާމް ޕޮލިސް މޮޅުވެފައެވެ. އަދި ވައި.އާރު.ސީ އާއި ފުނަދޫ ޒުވާނުންގެ ރޫހް މެޗު ވަނީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ތުރުތުރާ ޓީމާއި އަމިގޯސް ބައްދަލު ކުރި މެޗުން މޮޅުވީ ތުރުތުރާއެވެ. ތުރުތުރާއިން 5 ގޯލު ޖަހާފައިވާއިރު، އިމިގޯސް އިން ވަނީ 4 ގޯލު ޖަހާފައެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހަތަރު މެޗު މިރޭވެސް ކުޅޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު