ފިލިޕީންސް ޓީމުން ފާހަގަ ކޮށްލެވޭ ބައެއްކުޅުންރެރިން

image ފިލް ޔަންގް ހަސްބަންޑް(ކ) އަދި ސްޓެފަން ޝްރޮކް

ސްޓެފަން ޝްރޮކް

 ސްޓެފަން ޝްރޮކް،27، އަކީ ޖަރުމަނުގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރެކެވެ.

 ޖަރުމަނު ބުންޑަސްލީގާ (ފުރަތަމަ ޑިވިޝަން) ގެފްރެންކްފާޓަށް ކުޅެމުން އަންނަ ޝްރޮކަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެކުޅުންތެރިން ކަމުގައިވާ ފްރޭންކް ރިބެރީ އާއި އާރެން ރޮބެން އަދި މާކޯ ރިއުސްފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ.

 މިސީޒަނުގައި ޔުރޮޕާ ލީގުގައި (ޔޫރަޕް ކްލަބުފަންތީގެ ދެވަނަ މުބާރާތް) ފްރެންކްފާޓަށް ޝްރޮކް ވަނީ ލަނޑެއްވެސް ކާމިޔާބުކޮށްދީފައެވެ. ޝްރޮކަކީ ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ހުރި ހަލުވިކުޅުންތެރިއެކެވެ.

 ފްރެންކްފާޓާއި ހިލާފަށް ފިލިޕީންސް ގައުމީޓީމުގައި ޝްރޮކް ކުޅެނީ އެޓޭކިންގ މިޑްފީލްޑަރަކަށް ނުވަތަ ސެކަންޑް ސްޓަރައިކަރަކަށެވެ.ޗެލެންޖް ކަޕުގައި މިފަހަރު ފިލިޕީންސުން 4 ލަނޑު ކާމިޔާބު ކޮށްފައިވާއިރުޝްރޮކުގެ ފަރާތުން ލަނޑެއް ނުފެނެއެވެ. އެހެންނަމަވެސް ފިލިޕީންސުން އުފައްދާހަމަލާތަކުގައި އެންމެ އިސްދައުރެއް އަދާކުރަނީ ޝްރޮކެވެ.

 ފިލް ޔަންގްހަސްބަންޑް

 ފިލް ޔަންގްހަސްބަންޑަކީ ފިލިޕީންސް ގައުމީ ޓީމުގެފޯވާޑް ލައިނުގެ ހިތެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޗެލްސީގެ ޔޫތުއެކަޑަމީން ތަމްރީންވުމަށްފަހު އެކްލަބުގެ ސްކޮޑުގައި 10-2008 ދެމެދު ފިލް ޔަންގްހަސްބަންޑް ހިމެނުނެވެ. އެހެންނަމަވެސް ޗެލްސީގެ ސީނިއަރ ޓީމަށް ކުޅުމުގެ ފުރުސަތެއްއޭނާއަކަށް ނުލިބުނެވެ.

މިހާރު ފިލިޕީންސްގެ ކްލަބަކަށް ކުޅެމުން އަންނަފިލް ޔަންގްހަސްބަންޑް ވަނީ އެންމެފަހުގެ ސުޒުކީ ކަޕުގެ ސެމީފައިނަލަށާއިއެންމެފަހުގެ ޗެލެންޖް ކަޕުގެ ސެމީފައިނަލަށް ފިލިޕީންސް ގެންގޮސްދިނުމަށްޓަކައިމުހިއްމު ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.

 އެންމެފަހުގެ ޗެލެންޖް ކަޕުގެ ރަން ބޫޓް ހޯދި ފިލްޔަންގް ހަސްބަންޑް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަތިން ކުޅޭ ބޯޅަތަކުގައިލަނޑުޖެހުމަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފިލް ޔަންގްހަސްބަންޑުގެ އިތުރުން އޭނާގެ ކޮއްކޮޖޭމްސް ޔަންގް ހަސްބަންޑަކީވެސް ފިލިޕީންސް ގައުމީ ޓީމުން ފާހަގަ ކޮށްލެވޭކުޅުންތެރިއެކެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :