ދަގަނޑޭ ގެންދިޔުމަށް ބިދޭސީ ބައެއް ކްލަބުތަކުން މަސައްކަތް ކުރަނީ

ރާއްޖޭ ގައުމީ ޓީމުގެ ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެންދިޔުމަށް އިންޑިޔާގެ ޗާޗިލް ބްރަދާސް އާއި މެލޭޝިޔާގެ ދެކްލަބަކުން މަސައްކަތް ކުރަން ފަށައިފިއެވެ.

މީގެކުރިން ބުރުނާއީގެ ކްލަބަކާއެކު މެލޭޝިޔާ ލީގުގައި ކުޅެފައިވާ ދަގަނޑޭ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ މެލޭޝިޔާގެ ދެކްލަބުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ދަގަނޑޭ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ އިންޑިޔާގެ ޗާޗިލް ބްރަދާސްއަކީ އިންޑިޔާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.

ދަގަނޑޭ ގެންދިޔުމަށް ބޭރުގެ ބައެއް ކްލަބުތަކުން މަސައްކަތް ކުރަމުންދާއިރު މިސީޒަނުގައި ދަގަނޑޭ ވަނީ 56 ލަނޑު ކާމިޔާބޮށްފައެވެ. މީގެ ތެރޭގައި މިއަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކުޅުނު ތިން މެޗުގައި ޖެހި 10 ލަނޑުވެސް ހިމެނެއެވެ.

ދަގަނޑޭއަށް 2004 ވަނަ އަހަރު ޕޯޗުގަލްގެ މަޝްހޫރު ބެންފީކާއިންވެސް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އެކްލަބަށް ދިޔުމަށް ދަގަނޑޭ އޭރު ވަނީ ދެކޮޅު ހަދާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް