ލަންކާބަލިކުރަން ތައްޔާރު – ދަގަނޑޭ
ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި މިއަދު ލަންކާބަލިކުރަން ތައްޔާރަށް އޮތްކަމަށް ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަދިނުރައްކާތެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.
"ލަންކާބަލިކުރަން ތައްޔާރު ވެގެން މިތިބީ. އެއްވެސް މެޗެއް ފަސޭހަކޮށް ނުނަގާނަން.ލަންކާ މެޗުން ފެށިގެން ފަހަރަކު މެޗެއް ފަހަރަކު މެޗެއް ކާމިޔާބު ކުރުމަށްމަސައްކަތް ކުރާނީ" 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ދަގަނޑޭ ބުންޏެވެ.
ދަގަނޑޭ ބުނީމިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވަރަށް ތަފާތުވާނެ ކަމަށެވެ. މިއީ އެންމެފުރިހަމައަށް ތައްޔާރު ވެވުނު މުބާރާތް ކަމަށްވެސް އޭނާ ބުންޏެވެ.
"އެހެންފަހަރުތަކަށްވުރެ ރަނގަޅަށް ޓީމު ތައްޔާރު ވެފައި މިއޮތީ މިފަހަރު. ޓީމުގެ ގޭމްޕްލޭނާއި ކުޅުންތެރިންގެ ވިސްނުންވެސް މިފަހަރު ވަރަށް ބޮޑަށް ތަފާތު"ދަގަނޑޭ ބުންޏެވެ.
މީގެ އިތުރަށްދަގަނޑޭ ބުނީ ލަންކާއާ ދެކޮޅަށް މިއަދު ނުކުންނައިރު ދިވެހި ގައުމީ ޓީމުގެފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށެވެ. އަދި ބާރަ ވަނަ ކުޅުންތެރިޔާގެގޮތުގައި ސަޕޯޓަރުން ތިބުމަށް އެދޭކަމަށްވެސް ބުންޏެވެ.
" 2009ގެސާފް ޗެމްޕިއަންޝިޕް ސެމީފައިނަލުގައި ލަންކާ އަތުން 5-1 އިން މޮޅުވެފައި އޮތުމަކީމިމެޗަަށް ނުކުންނައިރު ލިބޭ ވަރަށް ބޮޑު އިތުބާރެއް. ބާރަ ވަނަ ކުޅުންތެރިޔާގެގޮތުގައި ދިވެހި ސަޕޯޓަރުން ތިބުމަށް މުޅި ޓީމް ބޭނުންވޭ" 2009 ވަނަ އަހަރުންފެށިގެން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ދަގަނޑޭ ބުންޏެވެ.
ލަންކާއާދެކޮޅަށް މިއަދު ނުކުންނައިރު ދިވެހި ގައުމީ ޓީމަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުމެވެ. "ރިލޭ (ރިޟްވާންވަހީދު) އާއި މެސީ (އިސްމާއިލް އީސާ) ވެސް މިހާރު ހުރީ ފިޓްކޮށް. އެހެންކުޅުންތެރިންނެކޭ ތަފާތެއް ނެތި ރިލޭ އާއި މެސީ ވަނީ އިއްޔެ އޮތް އެންމެފަހުގެފަރިތަކުރުންތަކުގައި ބައިވެރިވެފައި" ގައުމީ ޓީމުގެ ޑޮކްޓަރ އަހުމަދު ޝަކީބްބުންޏެވެ.
ނޭޕާލްގެ ދަޝްރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗްފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 5:45 ގައެވެ.
ކިޔުންތެރިންގެ ހިޔާލު