ފުލުހުންގެ އިދާރާ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލު ގެނެސްފި

image

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތް އަވަސް އަދި ފުރިހަމަ ޚިދުމަތަކަށް ހެދުމުގެގޮތުން އެއިދާރާގެ ހިންގުމުގެ އޮނިގަނޑަށް މިއަދު ބައެއް ބަދަލު ގެނެސްފިއެވެ.

1. މިގެނައި ބަދަލުތަކަކީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓްޑީޒް އަކީ ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިނގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ޕޮލިސް އެކަޑެމީ ހަމަޖެއްސުން.

2 ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑު 2 ބަޔަކަށް ބަހާލައި ނޮދަން އޮޕަރޭޝަންސް ކޮމާނޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑް އުފެއްދެވުން. މިއާއެކު ނޮދަން އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން އަޕަރ ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ޕޮލިސް ޑިވިޜަން އަދި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން ހިންގާގޮތަށް ހަމަޖައްސަވައި، ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ ދަށުން ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން އަދި އަޕަރ ސައުތު ޕޮލިސް ޑިވިޜަނާއި ސައުތު ޕޮލިސް ޑިވިޜަން ހިންގާ ގޮތަށް ހަމަޖެއްސެވުން.

3- ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ހަމަޖައްސައި އިންޑަސްޓްރިއަލް ޑިޕާޓްމަންޓުގެ ނަމުގައި އައު ޑިޕާޓްމަންޓެއް އުފެއްދުން.

4- އިންޓަރ ގެރޭޓެޑް ސާވިސަސް ކޮމާންޑުގެ ނަމުގައި ކޮމާންޑެއް އުފައްދަވައި އެކޮމާންޑުގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުގެ ގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރ ހަމަޖެއްސުން.

މި ބަދަލާއެކު އެކިއެކި ޑައިރެކްޓްރޭޓް ތަކާއި ކޮމާންޑްތައް ހިންގަވަން ތިއްބެވި އިސް އޮފިސަރުންނަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން ހެޑް އޮފް ނޮދަން އޮޕަރޭޝަންސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު.• ޑެޕިއުޓީ ހެޑް އޮފް ނޮދަން އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް.

• ހެޑް އޮފް ސަދަން އޮޕަރޭޝަންސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް.

• ޑެޕިއުޓީ ހެޑް އޮފް ސަދަން އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް.

• ހެޑް އޮފް އިންޓަރގްރޭޓަޑް ސަރވިސަސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު.

• ޑެޕިއުޓީ ހެޑް އޮފް އިންޓަރގްރޭޓަޑް ސަރވިސަސް ކޮމާންޑް – ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު.

• ހެޑް އޮފް ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން.

• ހެޑް އޮފް ސަރވިސަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު.

• ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު.

• ޑެޕިއުޓީ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް – ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު.

• ޑެޕިއުޓީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް.

މި ބަދަލަކީ ފުލުހުންގެ މުއައްސަސާއިން ދެމުންދާ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާޙައުލެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ގެންނެވި ބަދަލެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާ ކުރައްވައި އެގްޒެކެޓިވް ބޯޑުގެ ލަފާގެމަތިން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ކަމަށްވެސް ފުލުސް އޮފީހުން ބުނެފައިވެއެވެ.

މިބަދަލުތައް ގެނެސް އެބަދަލުތައް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓްރާނެޓްގައި ގެޒެޓް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...