ހަމަޖެހުމަށް ހުރަސްއަޅާ ކަމަށްބުނެ އިރާނާ ގުޅުންކަނޑާލަން ނިންމައިފި

image ފޮރިން މިނިސްޓަރު ދުންޔާ މައުމޫން

ނަވާރަސަތޭކަ ހަތްދިހަ ފަސްވަނަ އަހަރުން ފެށިގެން ރާއްޖެއިން އިރާނާއެކު ބާއްވަމުން އައިސްފައިވާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެވެސް ސަލާމަތާއި ހަމަޖެހުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ކަމަށް ރާއްޖެއިން ބުނެފައިވެއެވެ. އަދި އެކަމަކޫ ރާއްޖެއިން ކުށްވެރިކުރާ ކަމެއް ކަމަށްވެސް ފޮރިންމިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެއާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރު ޖޫންމަހުގެ ދެވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަަށް ނުފޯޒު ނުފޯރުވައި އެގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމަށް، އެޕްރީލްމަހު ތުރުކީވިލާތުގައި ބޭއްވި އިސްލާމިކް ސަމިޓުގައިވެސް ނިންމާފައިވާ ކަމަށެވެ. ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީއާއިި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްޙަވެރި މަގު އިޚްތިޔާރު ކުރަންވެސް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިކަން ހަނދާންކޮށްދީ މިގޮތަށް އަމަލު ކުރުމަށް ރާއްޖެއިން އިރާނަށް ގޮވާލައިފައިވާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އޯއިސީގެ ނިންމުންތައް އިރާނުން އިހުރާމާއެކު ތަންފީޒު ކުރުމަކީ ރާއްޖެ އަބަދުވެސް އެދޭގޮތް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...