ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ބޮޑުއަނިޔާއެއް

image

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހިތަދޫ ލިވަރ ،ހަސަން ސާމިހާއި، އެރަށު ދުންނިކަގޭ އަހްމަދު އާލިމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ދެމީހުންނަށްވެސް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދެއްވި އަލީ މޫސާ ވިދާޅުވީ ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ. ޑޮކްޓަރުން މިހާރުވެސް ގެންދަވަނީ އެ ދެމީހުންނަށްވެސް ފަރުވާ ދެމުން ކަމަށެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ޑޮކްޓަރުން ދެއްވާފައި ނުވާކަމަށް އަލީ ވިދާޅުވިއެވެ.

އެހެންނަމަވެސް ޑޮކްޓަރުން މިހާރު ނިންމާފައިވަނީ އެދެމީހުންވެސް މާލެ ފޮނުވުމަށް ކަމަށް އަލީ ވިދާޅުވިއެވެ. "އެމީހުން ފޮނުވާލުމުގެ ކަންކަން އަވަސް ކުރުމަށް އަޅުގަނޑުމެންވާނީ މެޑަފޯމްވެސް އައިލޭންޑްްއޭވިއޭޝަނަށް ފޮނުވާފައި. މިބަލަނީ ވީހާވެސް އަވަހަށް އެމީހުން ފުރުވައިލެވޭތޯ،" އަލީ މޫސަ ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 10:10 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އެހާދިސާ ހިނގީ ހިތަދޫ ބޮޑުމަގުގައި ހުންނަ "ހަތެއްއެގާރަ" ނަމަކަށްކިޔާ ފިހާރަކުރިމަތީގައެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށްވަނީ ހިތަދޫ ޗެކްމާކް ކައިރިން ބާރަށް ދުއްވާފައި އައި ސައިކަލެއް އޯވަރޓޭކް ކުރަން އުޅުމެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންދިޔައީ އެމްބިޔުލާންސްގައެވެ. އަނެއް މީހާ ގެންދިޔައި ޕިކަޕެއްގައެވެ. އެއީ އޭނާއަށް ފަރުވާ ދިނުން އަވަސްކުރުމުގެ ބޭނުމުގައި ކުރިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...