ވަގަށް ނަގައިފައިވާ ދެ ތިޖޫރިއެއް ހޯދައިފި

image

އައްޑޫ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ އޮފީހަކުން ވަގަށް ނަގާފައިވާ ދެ ތިޖޫރީއެއް ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މި ދެ ތިޖޫރީ ފެނިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް މެއި މަހުގެ 14 ވަނަ ދުވަހުގެ 05:50 އެހައިކަންހާއިރު ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހިތަދޫގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ދެ ތިޖޫރީ ތެރެއިން އެއް ތިޖޫރީ ފެނިފައިވަނީ އެކުންފުނީގެ އޮފީސް ހުންނަ ގޯތި ތެރޭގައި އެއްލާލާފައި އޮއްވައި ކަމަށް ފުލުހުންވަނީ ބުނެފައެވެ. ދެވަނަ ތިޖޫރީ ފެނިފައިވަނީ އެ އޮފީސް ހުންނަ އިމާރާތް ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ދެ ތިޖޫރީގައިވެސް ހުރީ ޕާސްޕޯޓާއި އެ އޮފީހުގެ ލިޔެކިޔުންތަކެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެއޮފީހުން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...