އަލިފުށިން ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

image

ރ. އަލިފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ރ. އަލިފުށީ، ހުސްނޫވިލާ، ފަރުހާދު މުއްމަދު ކަމަށެވެ.

އުމުރުން 37 އަހަރުގެ ފަރުހާދު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 13:30 އެހައިކަންހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު އާންމު ރައްޔިތުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީފަށައިފައެވެ.

ފުލުހުންނާއި އާންމުން ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު 14:20 އެހައިކަންހާއިރުއެވެ. އޭނާ ފެނިފައިވަނީ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައެވެ.

އެމީހާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާންމުންގެ ބަޔަކަށް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...