އޮޔާދިޔަ ލޯންޗެއް ސަލާމަތް ކޮށްފި

image

ކ. ގުރައިދޫ ހުޅަނގު ފަރާތުގައި އަޅާފަތް އޮތް ލޯންޗެއްގެ ވައު ކަނޑައިގެން ގޮސް އޮޔާދަނިކޮށް ފުލުހުން އެލޯންޗް ސަލާމަތްކޮށްފިއެވެ.

އެ ލޯންޗް އޮޔާދަނިކޮށް ފެނިފައިވަނީމިއަދު 18:00 އެހައިކަންހާއިރު ގުރައިދޫ ހުޅަނގުފަރާތުން ގޮނޑުދޮށުގައި ތިބި ފުލުހުންގެ ބަޔަކަށް ކަމަށް ޕޮލިސްލައިފުގައި ބުނެފައިވެއެވެ. އެ ލޯންޗް އޮޔާދާތަން ފެނުމުން އެވަގުތު އެތަނުގައި ތިބި 4 ފުލުހަކު ވަނީ ފަތާފައިގޮސް އެލޯންޗް ސަލާމަތްކޮށް ގުރައިދޫއަށް ގެނެސްފައެވެ.

އެ ހާދިސާގައި ލޯންޗަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ލޯންޗްގެ ވެރިފަރާތާ ލޯންޗު ހަވާލުކުރުމުގެ މަސައްކަތްތައް ގުރައިދޫ ކައުންސިލާއި ގުޅިގެން ގުރައިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ކުރަމުން ކަމަށްވެސް ޕޮލިސްލައިފުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...