އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އުފައްދަވައިފި

image

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ގެނައި ދެވަނަ އިސްލާހާ ގުޅިގެން "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދައިފިއެވެ.

ރައީސް ޔާމީން އެއިދާރާ އުފައްދަވައިފައިވަނީ 2016 އެޕްރީލް 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި އެ އިދާރާ ހިންގާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ސަރުކާރުގެ އޮފީސްތަކުން އެ މަޖިލިހަށް ލިޔުއްވާ ސިޓީގައި ޖައްސަވަންޖެހޭ ނަންބަރަކީ 466 އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތަކުގެ ގޮތުގައި 6 ކަމެއްވަނީ ކަނޑައަޅުއްވައިފައެވެ. 1. ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.

2. ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.

3. އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.

4. ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.

5. ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދައި މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.

6. ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން ކަމުގައި ރައީސް އޮފީހުގެ ވެބްސައިޓުގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...